ޚަބަރު ދުނިޔެ

އަންނާރު ޖޫސް ޕެކެޓުތަކެއްގައި ފޮރުވައިގެން 420 ކިލޯގެ ޑްރަގް އެތެރެކުރަން އުޅެފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން

އެއް ގައުމުން އަނެއް ގައުމަށް ޑްރަގް އެތެރެކުރަން، އޭގެ ފިޔަފާރިވެރިން ގެންގުޅޭ މޮޅެތި އުކުޅުތައް ފެނިފައި ހައިރާންވާހާ ވެއެވެ. މިއީ ވެސް ތަފާތު ވާހަކައެކެވެ.

Ads by STELCO
Ads by Creative Network

ބްރިޓެއިންއަށް ގާތްގަނޑަކަށް 420 ކިލޯގެ ޑްރަގް އެތެރެކުރަން މަސައްކަތް ކުރި ދެ ބަފައިން ވަނީ ހައްޔަރު ކޮށްފައެވެ. އަފްގާނިސްތާނުން ބްރިޓެއިންއަށް އެތަކެތި އެތެރެކުރަން މަސައްކަތް ކުރީ އަންނާރު ޖޫސް ޕެކެޓުތަކެއްގައި ފޮރުވައިގެންނެވެ.

އެ ގައުމުގެ ނޭޝަނަލް ޑްރަގު އެޖެންސީއާ ހަވާލާދީ ބައެއް ރިޕޯޓުތަކުގައި ބުނެފައި ވަނީ، ޖޫސް ޕެކެޓުތަކަށް ޑްރަގުއެޅުމަށްފަހު އެ އެއްޗެހި ހުރީ ސީލްކޮށްފައި ކަމަށެވެ. ކުދިކުދި ޕެކެޓްތައް ޖޫސްޕެކެޓްތަކަށް އަޅާފައިހުރި އިރު، އަނެއްބައި ޑްރަގް ހުރީ ޖޫހާ އެއްކޮށްފައެވެ.

މިތަކެތީގެ މަގުމަތީ އަގު، 20 މިލިއަން ޔޫރޯއަށް އަރައެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ކޮލިން ބާޓްލެޓް 54 އަދި އޭނާގެ ފިރިހެން ދަރިފުޅު، ލޭ ބާޓްލެޓް 30، އެވެ. އެމީހުންގެ މައްޗަށް ކޮންޓްރޯލްޑް ޑްރަގް އެތެރެ ކުރަން އުޅުނުކަން އިއްޔެ ވަނީ ސާބިތުވެފައެވެ.

ފުލުހުން ތުހުމަތު ކުރާ ގޮތުގައި މި ދެބަފައިންނަކީ ރާވައިގެން ކުށްކުރާ ބައެކެވެ. ކުށްކޮށްގެން އެތައް މިލިއަން ޕައުންޑްގެ ޕްރޮފިޓް ހޯދާ ކަމަށް ވެއެވެ.

Ads by Ooredoo