ދުނިޔެ ލުއި ޚަބަރު

މިއީ ދުނިޔޭގައި އެންމެ އަގު ބޮޑުކޮށް ވިއްކާ ކޮފީ، އަގަކީ 980 ޑޮލަރު

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ދުބާއީގެ ޖުލިޔު ކެފޭގެ ބަރިސްތާއެއް --

ދުބާއީގެ ޖުލިތު ކެފޭއިން މި ވިއްކަނީ މި ވަގުތު ދުނިޔޭގައި އެންމެ އަގުބޮޑުކޮށް ވިއްކާ ކޮފީ ތައްޓެވެ. މިހާ ޕްރިމިއަމް އަގެއްގައި ވިއްކާ އެ ކޮފީ ތަށީގެ އަގަކީ 980 ޑޮލަރެވެ. ދިވެހި ރުފިޔާއިން ބަލާނަމަ ކޮފީ ތައްޓެއް ލިބޭނެ އަގަކީ 15،111 އެއްހާ ރުފިޔާއެވެ. ދުބާއީ ކަރަންސީއިން ބަލާނަމަ އެއީ 3600 ދިރްހަމެވެ.

Ads by MPL
Ads by STELCO

މި ކެފޭ ހުންނަނީ ދުބާއީގެ ސިނާއީ ސަރަހައްދެއް ކަމަށްވާ އަލްގޫޒްގައެވެ.

މި ކެފޭގެ އެއް ކޯ-ފައުންޑަރު ސެރްކަން ސެގްސޮޒް ސީބީއެސް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އަގު ބޮޑު އެ ކޮފީ ތައްޔާރު ކުރަނީ ޕެނަމާގެ ކޮފީ ބީންސްގައި ކަމަށެވެ. މިއީ ދުނިޔޭގެ އެންމެ ޕްރިމިއަމް ކޮފީ ކަމަށް ވެސް އޭނާ ބުންޏެވެ.

ސީބީއެސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޖުލިތު ކެފޭއިން އެ ކޮފީ ތައްޔާރު ކުރާ ބީންސް ގެނެސްފައި ވަނީ ޕެނަމާގައި އޮތް ނީލަމަކުން ވަރަށް އަގު ބޮޑުކޮށެވެ. އެގޮތުން އެ ނީލަމުން 20 ކިލޯގެ ކޮފީ ބީންސް އެ ކެފޭއިން ކާމިޔާބު ކޮށްފައި ވަނީ 600،000 ޑޮލަރަށެވެ.

ތުރުކީއަށް ނިސްބަތްވާ ސެރްކަން ބުނެފައި "ފްލޯރަލް އަދި ފުރުޓީ" ރަހައެއް ހުންނަ މި ކޮފީގެ 400 ތަށި ވިއްކާލަން ބޭނުންވާ ކަމަށެވެ. މީގެ ރަހަތައް ކިޔައިދެމުން އޭނާ ބުނެފައި ވަނީ ޖޭސްމީން އާއި އޮރެންޖްގެ އިތުރުން ކޮންމެވެސް ވަރަކަށް އެޕްރިކޮޓްއާއި ޕީޗްގެ ރަހަ ވެސް މި ކޮފީގައި ހުންނާނެ ކަމަށެވެ.

މި ކޮފީ ތައާރަފް ކުރުމުގެ ކުރިން ދުބާއީގައި އެންމެ އަގު ބޮޑު ކޮފީއެއް ވިއްކަމުން ދިޔައީ ރޯސްޓާސް ކިޔާ ތަނެއްގައެވެ. އެތަނުގައި ކޮފީ ތައްޓެއް ވިއްކަނީ 2500 ދިރްހަމްއަށެވެ.

Ads by Ooredoo