ޕޮލިޓެކްނިކްގެ "އުތުރުހުވަދޫ ފަންނު އެކްސްޕޯ 2025" ފަށައިފި
މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ""އުތުރުހުވަދޫ ފަންނު އެކްސްޕޯ 2025"ގެ ނަމުގައި ގއ.ވިލިނގިލީގައި ތަފާތު ފަންނުތައް ދައްކުވައިދޭ އެކްސްޕޯއެއް ފަށައިފިއެވެ.
ޕޮލިޓެކްނިކްގެ ގއ.ވިލިނގިލީ ކެމްޕަހުގެ ފަރާތުން އެ ރަށުގައި، ރާއްޖޭގައި ނެތެމުންދާ އެތަށް ފަންނުތަކަކުން ދިވެހިން ތަމްރީނުކުރުމަށް ތަފާތު ޕްރޮގްރާމްތައް ކުރިއަށްގެންދާއިރު، މި ފަންނުތައް އާންމުންނަށް ދައްކައިލުމަށް ހާއްސަ އެކްސްޕޯއެއް ފަށަފައިއެވެ. އެގޮތުން، ކުރެހުންތަކާއި، ލަނކުނޑިން ތައްޔާރުކޮށްފައިވާ ތަކެތި، ކެލިގްރަފީ، ލިޔެލާޖެހުން އަދި އެނޫން ވެސް ފަންނުވެރިން އުފައްދަވައިވާ އެކި ތަކެތި ވަނީ މި އެކްސްޕޯގައި ދައްކައިލެވިފައެވެ.
މި އެކްސްޕޯ ކުރިއަށްގެންދިޔުމަށް ހަމަޖެހިފައި ވަނީ 22 ނޮވެމްބަރ 2025ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ 16:00 އިން 22:00 އަށެވެ.
މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ވުޑްކަރވިން، އިލެކްޓްރިޝަން، ގެސްޓް ހައުސް މެނޭޖްމަންޓް، ވެލްޑިންގ ފަދަ ދާއިރާތަކުން ޒުވާނުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދެވިފައިވާއިރު، ދިވެހިރާއްޖޭގައި ނެތެމުންދާ ފަންނުތައް ދިރުވާ ޢާލާކުރުމަށް އަތޮޅުތެރޭގެ ރަށްރަށުގައި ފަންނުތައް ދިރުވާ އާލާކުރުމަށް ދަނީ އެތަށް މަސައްކަތްތަކެއް ކުރިއަށްގެންދަމުންނެވެ.

