ދުނިޔެ

ބޮރިސް އަށް މިހާރު ކުޑަކޮށް ހިނގޭ

ދެން އެމްވީ ، ދެން އޮންލައިން

ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދާ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، ބޮރިސް ޖޯންސަންގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށް ބޮޑުވަޒީރުގެ އޮފީހުން ބުނެފިއެވެ.

Ads by Sosun Fihaara

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ބޮޑުވަޒީރުގެ ތަރުޖަމާނެއް ވިދާޅުވެފައިވާގޮތުގައި ބޮޑުވަޒީރަށް މިހާރު ކުޑަކޮށް ހިނގޭކަމަށާއި އަރާމުކުރެއްވުމަށް ފަހު ކޮންމެވެސް ވަރަކަށް ހެލިފެލިވެ އުޅެމުން އަންނަ ކަމަށެވެ.

"ބޮޑުވަޒީރުގެ ހާލުކޮޅު އަންނަނީ ރަނގަޅުވަމުން. އައިސީޔޫ އިން ނިކުމެވަޑައިގަތް ފަހުން ހިނގާއުޅެވޭ. ބޮރިސް ވަނީ އޭނާ އަށް ފަރުވާ ދެއްވި ޑޮކްޓަރުންނާއި އިތުރު ސިއްހީ ހިދުމަތްތެރިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ." އޭނާ ވިދާޅުވިއެވެ.

ކޮވިޑްގެ އާލާސްކަންފުޅުގައި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ހަސްފަތާލުގައި އެޑްމިޓް ވެފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އޭނާ އެޑްމިޓްކޮށްފައި ވަނީ ، ކޮވިޑް19 އަށް ޕޮޒިޓިވްވިތާ 10 ދުވަސްވީއިރު ވެސް ހުމުގެ އަސަރު ހުރުމާއި ބަލި އިތުރަށް ރަނގަޅު ނުވުމުގެ ސަބަބުން، އޭނާގެ މެޑިކަލް ޓީމްގެ އިރުޝާދުގެ މަތިންނެވެ. ބަލީގެ ހާލަތު ގޯސްވެ އައިސިޔޫގައި ވެސް ވަނި ބޮރިސްއަށް ފަރުވާދީފައި ވެއެވެ.

ބޮރިސް ޖޯންސަން ވައިރަހަށް ޕޮސިޓިވްވެފައިވަނީ މާރޗް މަހުގެ 27 ވަނަ ދުވަހުއެވެ. އޭނާއަކީ ދުނިޔޭގެ ލީޑަރުންގެ ތެރެއިން ވައިރަހަށް އެންމެ ފުރަތަމަ ޕޮސިޓިވް ވި ލީޑަރެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!