ޚަބަރު

އަލީ އާޒިމްގެ ކެމްޕެއިނަށް ފައްޔާޒު ނުކުމެވަޑައިގެންފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

އެމްޑީޕީގެ ޓިކެޓްގައި މާލޭގެ މޭޔަރުކަމަށް ނުކުންނާނެ ކެންޑިޑޭޓުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމްގެ ކެމްޕެއިނަށް ފައްޔާޒު އިސްމާއިލް ނުކުމެވަޑައިގެންފިއެވެ.

Ads by MPL

މިއީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ އެމްޑީޕީގެ ޗެއާޕާސަން ކަމުން ފައްޔާޒު އިސްތިއުފާ ދެއްވުމަށް ފަހު އާންމުންގެ ތެރެއަށް މިހެން ނުކުމެވަޑައިގަތް ފުރަތަމަ ފަހަރެވެ.

2028ގެ ރިޔާސީ އިންތިހާބުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައިވާ ފައްޔާޒު ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވީ ވެސް ޕާޓީގެ އެހެން ލީޑަރުންނަށް ޕާޓީ ހިންގުމުގެ ހުރަހަކަށް ވާން ބޭނުން ނުވާ ކަމަށް ވިދާޅުވެއެވެ.

ފައްޔާޒުއާ އެކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ ވަފާތެރިން ވެސް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ނަޝީދު ވިދާޅުވެފައި ވަނީ އަންނަ ރިޔާސީ އިންތިހާބަށް އެމަނިކުފާނާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވާދަ ނުކުރައްވައި އެންމެން އެއް ކެންޑިޑޭޓަކަށް ތާއީދުކުރުމަށެެވެ.

މާލޭގެ މޭޔަރު ކަމަށް ފައްޔާޒުއާއި ނަޝީދު ތާއީދުކުރައްވަނީ އަލީ އާޒިމަށެވެ. ސޯލިހާއި އެމަނިކުފާނުގެ އަރިސް ބޭފުޅުންގެ ތާއީދު އޮތީ މިހާރުގެ މޭޔަރު އާދަމް އާޒިމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!