Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ދުނިޔެ

ޝުކުރު ޙައްޤު: ސައިކަލު އުފައްދާ ކުންފުންޏެއް، އެ މަސައްކަތް ހުއްޓާލާ ސިއްޙީ ޚިދުމަތް ތެރިންނަށް ފޭސް ޝީލްޑް ހެދުމުގައި

ކޮވިޑް19 ގެ ވަބާ މުޅި ދުނިޔެއަށް ޖެހިފައިވާއިރު، މި ހިތާމަވެރި ދަނޑިވަޅުގައި ގިނަ ފަރާތްތަކުންދަނީ އެފަރާތަކަށް ވީވަރަކުން އަނެކާއަށް އެހީތެރިވަމުންނެވެ. މިގޮތުން އިންޑިޔާގެ ސައިކަލު އުފައްދާ ކުންފުންޏެއް ކަމަށް ޖާވާ މޮޓޯސައިކަލްއިންވެސް މިވަނީ ތަފާތު ކަމެއްކޮށް ގިނަ ބައެއްގެ ޝައުޤުވެރިކަން ހޯދާފައެވެ.

ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ސައިކަލު އުފައްދާ ޖާވާ މޮޓޯސައިކަލްއިން މިވަނީ އެމަސައްކަތް ހުއްޓާލާ އިތުރު ދިމާއަކަށް މިސްރާބު ޖަހާފައެވެ. މިގޮތުން އެފަރާތުންވަނީ ސިއްޙީ ޚިދުމަތްތެރިންގެ ޙައްޤުގައި އެމީހުން އަޅާނެ ފޭސް ޝީލްޑް ހެދުމުގެ މަސައްކަތް ފަށާފައެވެ.

"އަޅުގަނޑުމެން މިއީ ސައިކަލު އުފައްދާ ބައެއް.އެކަމަކު މިއަދު ދުނިޔެއަށް ބޭނުންވަނީ ސިއްޙީ ޚިދުމަތްތެރިންގެ ރައްކާތެރިކަން، އެފަރާތްތަކަށް އަޅުގަނޑުމެން މުޅި ދުނިޔެ މިވަނީ ދަރާފައި" ޖާވާ މޮޓޯސައިކަލްއިން މިކަންތައް ކުރަނީ ކީތްވެތޯ ކުރި ސުވާލަށް ޖަވާބުދެމުން އެކުންފުނީގެ ސީއީއޯ ބުނެފައިވެއެވެ.

Advertisement
Ooredoo — Square (box)

މީގެ އިތުރުން ދުވާލެއްގެ މައްޗަށް 1000 އަށްވުރެ ގިނަ ފަޤީރުންނަށް މި ކުންފުނީގެ ޚަރަދުގައި ކާންދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެކުންފުނިން ބުނެފައިވަނީ، މިއަދު ރައްޔިތުން އެހީއަށް ބޭނުންވެފައިވާ ކަމަށާއި، މިއަދު ފުރަގަސް ޖަހައިނަމަ، މާދަމާ ރައްޔިތުން އެމީހުންނަށް ފުރަގަސް ޖަހާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް