ދުނިޔެ

ވަރަށް ބޮޑުތަން އަގު ހެޔޮ ވެންޓިލޭޓަރެއް ހެދުމުގެ މަސައްކަތުގައި އިންޑިޔާ ވަރަށް ކުރީގައި

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަސްއަކީ ނޭވާލުމުގެ ނިޒާމަށް ޖެހޭ ބައްޔެއް ކަމުން، މިބަލި ޖެހޭ މީހުންނަށް ނޭވާލުމަށް ދަތިތަކަކާ ދިމާވެއެވެ. އަދި ގިނަ ފަހަރު މިބަލީގައި މީހުން މަރުވަނީ ނޭވާ ލުމަށް ދަތިތަކެއް ދިމާވުމުގެ ސަބަބުންނެވެ.މިހެންކަމުން، މިބަލީގައި ބޮޑުވަރުވެއްޖެނަމަ ނޭވާލާން ޖެހެނީ ވެންޓިލޭޓަރގެ އެހީގައެވެ. މިކަމުގެ ސަބަބުން މުޅި ދުނިޔެވަނީ ވެންޓިލޭޓަރގެ ބޭނުން ޖެހިފައެވެ.

Ads by Sosun Fihaara

އާއްމުކޮށް ހޮސްޕިޓަލްތަކުގައި މާ ގިނަ ވެންޓިލޭޓަރއެއް ނުހުރެއެވެ. ޚާއްސަކޮށް އިންޑިޔާގެ ބޮޑު އާބާދީއަށް ބޭނުންވާ ވަރަށް ވެންޓިލޭޓަރ އެޤައުމުގައި ވެސް ނެތެވެ. ހޮސްޕިޓަލްތަކުގައި ބޭނުން ކުރާ ވެންޓިލޭޓަރތަކަކީ އެތައް ލައްކަ ރުފިޔާއަށް ގަނެވޭ އެއްޗެކެވެ. އަދި ވެންޓިލޭޓަރގެ ޑިމާންޑް ބޮޑުވުމާއެކު އޭގެ އަގުވެސްވަނީ އުފުލިފައެވެ. މިހެންވެ، އިންޑިޔާގެ ބޮޑު ވިޔަފާރި ކުންފުންޏެއް ކަމަށްވާ މަހިންދްރާއިން ރައްޔިތުންނަށްވީ ބޮޑު ވަޢުދެކެވެ. އެއީ އަތް ފޯރާ ފަށެއްގައި ލިބޭނެ ވެންޓިލޭޓަރތަކެއް އުފެއްދުމުގެ ވަޢުދެއެވެ.

މިވަޢުދު އިޢުލާން ކުރިތާ 48 ގަޑިއިރުގެ ތެރޭގައި އެކުންފުނިންވަނީ މިފަދަ ވެންޓިލޭޓަރއެއްގެ ނަމޫނާއެއް އުފައްދާފައެވެ.އެކުންފުނިން ބުނެފައިވަނީ ކުރިޔަށް އޮތް ކުރު މުއްދަތެއްގެ ތެރޭގައި، މި ޑިވައިސް ކުރަން ޖެހޭ ޓެސްޓްތައްކޮށް މާކެޓަށް ނެރޭނެ ކަމަށެވެ. އަދި މިއީ އެންމެ ފަޤީރު މީހާއަށް ގަނެވޭ ވަރުގެ ވެންޓިލޭޓަރަކަށް ވެގެންދާނެ ކަމަށް އެފަރާތުން ހާމަކުރެއެވެ.

މަހިންދްރާ ކުންފުނިން ދަނީ އިންޑިޔާގައި ފެތުރެމުން އަންނަ ކޮވިޑް19 އިން އަރާގަތުމަށް ކުރަމުންދާ މަސައްކަތުގައި އިސް ރޯލެއް އަދާ ކުރަމުންނެވެ. މިގޮތުން އެކުންފުންނިންވަނީ އެކުންފުނީގެ ގުދަންތައް ހޮސްޕިޓަލުތަކާއި ފްލޫ ކްލިނިކް ހިންގުމަށް ދޫކޮށްފައެވެ. އަދި ފަޤީރުންނަށް ކާންދީ މިހާލަތުގައި އެކުންފުނިންދަނީ ނަމޫނާ ދައްކަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!