ޚަބަރު

ރޯދައާ ދިމާކޮށް ގިނަ އަދަދެއްގެ ތަރުކާރީ އާއި މޭވާގެ ބާވަތްތައް ރާއްޖެއަށް ގެންނަނީ

ދެން އެމްވީ ، ދެން އޮންލައިން

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް ގިނަ އަދަދެއްގެ ތަރުކާރީ އާއި މޭވާގެ ބާވަތްތައް ރާއްޖެއަށް ގެންނައުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by MWSC

މިމަސްތެރޭ ގިނަ އަދަދެއްގެ ތަރުކާރީއާއި މޭވާ ހިފައިގެން ރާއްޖެއަށް މުދާ އުފުލާ ބޯޓުތައް ވަނީ ބަނދަރުކޮށްފައެވެ. އެގޮތުން އެންމެފަހުން މާލެއަށް ބަނދަރުކޮށްފައިވަނީ "ނިއުމަތު" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެކެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޑެޓް(އެމްޕީއެލް) އިން ބުނީ މި ބޯޓުން މާލެއަށް ގެނެސްފައިވާ ބާވަތްތަކުގެ ތެރޭގައި، 4125 ބިސް ކޭހާއި، 3220 ބަސްތާ ފިޔާ، 1160 ބަސްތާ އަލުވި، 800 ބަސްތާ ކަރާ ހިމެނޭ ކަމަށެވެ. އަދި 468 ގަނޑު ދޮންކޭލާއި، 264 ކްރޭޓުގެ އަލަނާސި ވެސް ވަނީ ގެނެސްފައެވެ.

މިދިޔަ ހަފްތާގައިވެސް މިބާވްތައް ހިފައިގެން އައި ކާގޯ ބޯޓުތަކުން ވަނީ މާލެއަށް މުދާ ބާލާފައިކަން ފާހަގަކޮށްލެއެވެ.

އެމްޕީއެލްއިން ވަނީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް ކުރިމަތިވެފައިވާ ނޭދެވޭ އަސަރުތަކާއެކު ވިޔަފާރިތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ކުޑަކުރުމުގެ ގޮތުން ވިޔަފާރިވެރިންނަށް ޚާއްސަ ލުއިތަކެއް ދިނުމަށް ނިންމާފައެވެ.

އެގޮތުން 30 މާޗުން ފެށިގެން 30 ޖޫންގެ ނިޔަލަށް އެމްޕީއެލްއިން ނަގާ ބައެއް ފީތައް ކުޑަކޮށް މުދާ ގުދަންކުރުމުގައި ފަސޭހަ އިންތިޒާމްތަކެއް ވަނީ ހަމަޖެއްސާދީފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!