ވިޔަފާރި

މިރިހި އައިލެންޑް ވީ ވިލާސް މޯލްޑިވްސް އެޓް މިރިހިއަށް ރީބްރޭންޑް ކުރަނީ

ފާތިމަތު އަފްނާން ، ދެން އޮންލައިން
މިރިހި އައިލެންޑް ރިސޯޓް : ދުވަސްވީ މި ރިސޯޓް ރީބްރޭންޑް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން

އެކޯ ގްރޫޕްގެ ލަގްޒަރީ ބްރޭންޑް އެމްގަލެރީ ކަލެކްޝަނުންގެ ރިސޯޓެއްގެ ގޮތުގައި މަޝްހޫރު މިރިިހި އައިލެންޑް ރީބްރޭންޑްކޮށް ހުޅުވުމުގެ މަސައްކަތް ފަށައިފި އެވެ.

Ads by MPL

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ބޭރުގެ ނޫސްތަކުގައިވާ ގޮތުން އަންނަ އަހަރުގެ ފުރަތަ ކޮޅު ހުޅުވަން ތައްޔާރުވާ މި ރިސޯޓް ވެގެންދާނީ މި ފަހުން ހުޅުވާނެ ރީތި ފުރިހަމަ ރިސޯޓަކަށެވެ. ބޮޑު މަރާމާތަކަށްފަހު މިރިހި އައިލެންޑް ރިސޯޓް ހުޅުވުމުގެ ގޮތުން އެތަނުގެ ފަރުމާއަށް ވަނީ ބޮޑު ބަދަލެއް ގެނެސްފަ އެވެ. މި ބަަދަލު ގެނައުމުގެ އިސް މޭސްތިރިއަކީ ބައިނަލްއަޤްވާމީ އާކިޓެކްޗަރު އަދި ޑިޒައިން ފާމެއް ކަމަށްވާ އެވޯޑް ލިބިފައިވާ ސްޓޫޑިއޯ ގްރޮންޑާ އިން ޑިޒައިން އެވެ.

ތައިލެންޑްގެ މޭޖާ ސިނެޕްލެކްސް ގްރޫޕުގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ވީއައިއީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މި ރިސޯޓު ވީ ވިލާސް މޯލްޑިވްސް އެޓް މީރިހީ - އެމްގަލެރީ ކަލެކްޝަންގައި  ރީބްރޭންޑް ކޮށް ހުޅުވާއިރު މިތަނުގައި ޖުމްލަ 42 ލަގްޒަރީ ވިލާ ހުންނާނެ އެވެ. މި ވިލާތަކުގެ ތެރޭގައި ބީޗް ވިލާ އާއޮ އޯވަވޯޓާ ވިލާ، އަދި ޕްރައިވެޓް ޕޫލް ހިމެނޭ ބޮޑެތި މަލްޓި-ބެޑްރޫމް ސުއީޓްތައްވެސް ހިމެނެ އެވެ.

 

ހުޅުވަނީ މަޑުމަތިތިރި ރިސޯޓެއްގެ ގޮތުގައި 

މަޑުމައިތިރި ލަގްޒަރީގެ ފަންނު ގެނެސްދޭ މި ރިޒޯޓް ވެގެންދާނީ، ދިވެހި ސަގާފަތުގެ ވަރަށް ބޮޑު އަސަރެއް ހިމެނޭ ތަނެކެވެ. މި ރަށް އަލުން ހުޅުވާއިރު، ދިރޭ މުރަކައިގެ ފަރުތަކާއި ހަމަޖެހިފައިވާ ރައްކާތެރި ފަޅެއްގެ ތެރޭގައިވާ ވީ ވިލާސް މޯލްޑިވްސް އެޓް މީރިހީ - އެމްގަލެރީ ކަލެކްޝަންގައި މިހާރުވެސް އޮންނަ ގޮތަށް ހުންނާމެ އެވެ.

ތައިލެންޑްގެ މޭޖާ ސިނެޕްލެކްސް ގްރޫޕްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ވީއައިއީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މިލްކިއްޔާތުގެ މި ރިޒޯޓުން ދައްކުވައިދެނީ، އޭޝިއާގެ އެންމެ މަޝްހޫރު މަންޒިލުތަކުގައި ޚާއްސަ ހޮސްޕިޓާލިޓީ ތަޖުރިބާތައް އުފެއްދުމަށް އެ ގްރޫޕުން ދެމެހެއްޓެނިވި ގޮތެއްގައި ކުރާ މަސައްކަތެވެ. މީގެ ވެރިފަރާތް ކަމަށްވާ ވިޗާ ޕޫލްވަރަލަކް އަކީ ތައިލެންޑްގައި މަޝްހޫރު އެމްގަލެރީ ކަލެކްޝަންގެ ބައެއް ތަންތަން ކަމަށްވާ ވީއައިއީ ހޮޓެލް ބެންކޮކް - އެމްގަލެރީ ކަލެކްޝަން، ވީ ވިލާސް ހުއާ ހިން - އެމްގަލެރީ ކަލެކްޝަން، އަދި ވީ ވިލާސް ޕުކެޓް - އެމްގަލެރީ ކަލެކްޝަންގެ ފަހަތުގައި ހުރި ބޭފުޅެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 25 މިނެޓުގެ ފަސޭހަ ސީޕްލޭން ދަތުރެއްގައި ދެވޭ ރާސްތާގައި އޮންނަ ނި ރިޒޯޓަށް އަންނަ މެހްމާނުންނަށް، ހަމަޖެހޭ އަދި މޮޅު ޑިޒައިނެއް އެކުލެވޭ ތަނަކަށް މަރުހަބާ ކިޔާނެ އެވެ.

މޭޖާ ސިނެޕްލެކްސް މަޝްހޫރު ކުންފުންޏެއް

ތައިލެންޑްގެ މޭޖާ ސިނެޕްލެކްސް ކުންފުނިން ބުނީ މަރާމާތު މަޝްރޫޢުގެ ތެރޭގައި ހުރިހާ ވިލާއަށް އަލަށް އިންޓީރިއާ ކޮންސެޕްޓްތައް ތަޢާރަފްކުރުމާއި މުރަކައިގެ ހިލަ ސިފަކޮށްދޭ ޓެކްސްޗަތައް ބޭނުންކުރުމާއި، ސިގްނޭޗާ ސްޕާ އަދި ވެލްނެސް ސެންކްޗުއަރީއެއް އިތުރުކުރުމާއި އަލަށް އިންޑޯ އަދި އައުޓްޑޯރ ޖިމް އަދި ޔޯގާ ޕެވިލިއަންއެއް ތަރައްޤީކުރުމާއި އޯވަވޯޓާ ރެސްޓޯރެންޓް ހިމެނޭ އެފް އެންޑް ބީ ތަންތަން އަޕްގްރޭޑްކުރުމާއި މައި ޕޫލް ސަރަޙައްދެއް ތައާރަފު ކުރުންވެސް ހިމެނެ ެވެ.

އެމްގަލެރީ ކަލެކްޝަންގައި މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 120 އަށް ވުރެ ގިނަ ބޫޓީކް ހޮޓެލް ހިންގަ އެވެ. ކޮންމެ ހޮޓެލަކީ ވެސް އަމިއްލަ ހާއްސަ ވާހަކައެއް އެކުލެވޭ ތަނެކެވެ.

މިރިހި އައިލެންޑް ރިސޯޓް ހުޅުވާވަނީ 27، ޖެނުއަރީ 2003 ގަ އެވެ. މި ރިސޯޓުގެ ފައުންޑަރުންނަކީ ސްވިޒްރަލޭންޑްގެ ވިޔަފާރިވެރިޔާ އެމީ ސްޓިއާލީ އާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މަޝްހޫރު ބޭފުޅެއް ކަމަށްވާ ޙުސައިން ޢަފީފް (ޗަމްޕާ އަފީފް) އެވެ. މި ރިޒޯޓަކީ ފުރަތަމަ ދުވަހުން ފެށިގެންވެސް މަޝްހޫރުވެފައިވަނީ "ބެއާފުޓް ހެވަން" ނުވަތަ ހުސްފައިގައި އުޅޭ ރިސޯޓެއްގެ ގޮތުގަ އެވެ. ނަމަވެސް ހުޅުވިތާ 15 އަހަރުފަހުން 2018 ވަނަ އަހަރުގެ މި ރިސޯޓް ވަނީ މަންޓާ މޯލްޑިވްސް ކުންފުނިން ތައިލެންޑްގެ ވިޔަފާރިވެރިއެއް ކަމަށްވާ ވިޗާ ޕޫލްވަރަލަކްގެ ކުންފުނި ވީއައިއީ މޯލްޑިވްސްއަށް ވިއްކާލާފަ އެވެ.

Ads by HDC