ޚަބަރު

އައްޑޫ ސިޓީއާ 4،000 ކިލޯމީޓަރު ދުރަށް ބިން ހެލުމެއް އަތުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އައްޑޫ ސިޓީއާ 4،042 ކިލޯމީޓަރު ދުރަށް ބިން ހެލުމެއް އަތުވެއްޖެ އެވެ.

Ads by MWSC

ގައުމީ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ބުނީ މި ބިން ހެލުން އައިސްފައިވަނީ މިޑް އިންޑިއަން ރިޖް އަށް ކަމަށާއި ބިން ހެލުން އައިސްފައިވަނީ ރެކްޓާ މިންގަނޑުން 6.1 ގެ ބާރުމިނުގައި އެވެ.

ބިން ހެލުން އައިސްފައިވަނީ ރާއްޖޭ ގަނޑިން މިއަދު ހެނދުނު11:57 ގައި ކަނޑުގެ 10 ކިލޯމީޓަރު އަޑިއަށް ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން ބުނީ މި ބިން ހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!