ދުނިޔެ

ކޮވިޑް-19: މިސްކިތުގެ ޖަމާއަތުގައި ތަރާވީހު ނަމާދު ނުކުރާ ގޮތަށް ސައުދީ އިން ނިންމައިފި

ދެން އެމްވީ ، ދެން އޮންލައިން

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ރޭގަނޑުގެ ވަގުތުގައި ކުރާ ތަރާވީހު ނަމާދު ކުރާނީ ގޭގައި ކަމަށާ، ކޮރޯނާވައިރަސްގެ ބަލިމަޑުކަން ނިމެންދެން މިސްކިތު ޖަމާއަތުގައި އެއްވެސް ނަމާދެއް ނުކުރާނެ ކަމަށް ސައުދީ އަރަބިއްޔާގެ އިސްލާމިކް އެފެއާޒް، ދައުވާ އެންޑް ގައިޑަންސް މިނިސްޓްރީއިން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

ސައުދީއިން ބުނެފައިވާ ގޮތުގައި ދުވާލުގެ ފަރުޟު ފަސް ނަމާދު ޖަމާއަތުގައި ކުރުން މެދުކަނޑާލާފައި އޮންނަ އޮތުމާއި އެއްގޮތަށް ތަރާވީހު ނަމާދު މެދުކަނޑާލުން މުހިންމު ކަމަށެވެ. އަދި މިވަގުތު ހުރިހާ މީހުންގެ ވެސް ސަލާމަތާއި ރައްކާތެރިކަަމަށްޓަކައި އެންމެ ރަނގަޅު ގޮތަކީީ ގޭގައި ނަމާދު ކުރުން ކަމުގައި ބުނެފައިވެއެވެ.

ހަމައެހެންމެ މިސްކިތުގައި ކުރިއަސް ގޭގައި ކުރިއަސް ނަމާދު ގަބާލުކުރައްވާތޯ މާތް ﷲއަށް ދުޢާ ދަންނަވާކަމަށާއި އަޅަމެންގެ ކިބައިން އަޅުކަން ޤަބޫލުކުރައްވާ، މުޅި ދުނިޔެއަށް ކުރިމަތިވެފައި މިވާ ބަލިމަޑުކަމުން އިންސާނިއްޔަތު ހިމާޔަތްކޮށްދެއްވުން އެދި އެކަލާނގެ ހަޟްރަތުގައި ދުއާ ދަންނަވާކަމަށް ސައުދީގެ އިސްލާމީ މިނިސްޓަރު ޑރ ޢަބްދުލް ލަޠީފު އަލް ޝައިހް ވިދާޅުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ އިތުރުން ވެސް ސައުދީގައި ކުރާ ކަށުނަމާދުގައި ވެސް 6 މީހުނަށް ވުރެ ގިނަ މީހުނަށް ބައިވެރިނުވެވޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ. މިއީ ސިއްހީ މާހިރުންގެ އިރުޝާދުގެ މަތިން ކޮރޯނާ ވައިރަސް ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅެއް ކަމުގައި ސައުދީ ސަރުކާރުން ވަނީ ފާހަގަ ކޮށްފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސައުދީ އިން ގިނަ ފިޔވަޅުތަކެއް އަޅަމުން އަންނަ އިރު އެގައުމުން މިހާރުވެސް ވަނީ ޢުމްރާ ވިސާ ދޫކުރުން މަޑުޖައްސާލާފައެވެ. މިއަހަރުގެ ރަމަޟާން މަހަށްވެސް ޢުމްރާ ވިސާ ދޫނުކުރާނެކަން ސައުދީއިން ވަނީ ހާމަކޮށްފައިވާއިރު މި ބަލިމަޑުކަން ވަކި ގޮތަކަށް ހަމަޖެހެންދެން، މިއަހަރުގެ ޙައްޖު ޕްލޭންތައް މަޑުޖައްސާލަންވެސް އެގައުމުން ވަނީ ގޮވާލާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!