ޚަބަރު

ކޮވިޑް-19 އަށް ފައްސިވި ދިވެއްސަކު އެ ބަލިން ރަނގަޅު ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި ދިވެއްސަކު އެ ބަލިން ރަނގަޅު ވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިޖީއެމްއެޗް ހޮސްޕިޓަލުގެ ޑޮކްޓަރ ޑރ.މޫސާ މުރާދު ވިދާޅުވީ މި ބަލިން ރަނގަޅުވި މީހާ އަކީ މި ބައްޔަށް ރާއްޖެ އިން ފައްސިވި ފުރަތަމަ ދިވެހި މީހާ ކަމަށެވެ. އޭނާ އަކީ އިނގިރޭސިވިލާތުން ރާއްޖެ އައި މީހެކެވެ.

އޭނާ ބަލިން ރަނގަޅުވި ކަމަށް ކަނޑައަޅާފައިވަނީ، ބަލިން ރަނގަޅުވިކަން ކަށަވަރު ކުރަން ހެދި ދެ ޓެސްޓުގެ ނަތީޖާ ވެސް ނައްސިވި ކަމަށް ދެއްކުމުން ކަމަށް ޑރ.މުރާދު ވިދާޅުވިއެވެ.

މި މީހާއާއެކު ރާއްޖެ އިން ބައްޔަށް ފައްސިވި މީހުންގެ ތެރެއިން 14 މީހަކު މިހާރު ވަނީ ރަނގަޅުވެފައެވެ. މީގެތެރެއިން އެކަކު ފިޔަވައި ދެން އެންމެންނަކީ ވެސް ބިދޭސީންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑަށް ވަނީ ޖުމްލަ 20 މީހަކު ފައްސި ވެފައެވެ. އޭގެތެރޭގައި ހިމެނެނީ ފަސް ދިވެހިންނާއި 15 ބިދޭސީންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!