ޚަބަރު

އައްޑޫ ސިޓީ ގަމުގައި މިރޭ ހަވާ އަރުވަނީ

ނުޙާ އަޙްމަދު ، ދެން އޮންލައިން
މާލޭގައި މީގެ ކުރިން ހަވާއަރުވަނީ / ފޮޓޯ: ދެން

އައްޑޫސިޓީ، ގަމުގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފިއެވެ.

Ads by STELCO

އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ސ. ގަމުގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައި ވަނީ 22:30ގައި ކަމަށެވެ.

އެއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށާއި ހަވާ އަރުވާނީ 3 މިނެޓެއް ހައިއިރަށް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!