ރިޕޯޓް

ކޯވިޑް19: އިންޑިއާ މީހަކު ހައްޔަރުކުރީ ޑްރޯނު ބޭނުން ކޮށްގެން "ޕާން މަސާލާ" ޑެލިވަރ ކޮށްދޭތީ

ދެން އެމްވީ ، ދެން އޮންލައިން

ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޯވިޑް 19 ވައިރަސް އިންޑިއާގައި ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި، ގިނަ ގައުމުތަކެކޭ އެއްގޮތަށް އިންޑިއާ ވެސް ވަނީ ލޮކްޑައުން ކޮށްފައެވެ. އެގޮތުން ޒަރޫރީ ބޭނުމަކު ނޫނީ ބޭރަށް ނުދެވޭ ގޮތް ހަދާ ގޭތެރޭގައި އުޅޭއިރުވެސް ވީހާވެސް ބޮޑަކަށް އެކަކު އަނެކަކާއި ގައިދުރުކޮށް އުޅުމަށްވެސް އެގައުމުގެ ސަރުކާރުން ވަނީ ގޮވާލާފައެވެ.

އެހެންނަމަވެސް މިނިވަންކަން މަތީ ބޭނުން އިރަކު ބޭރުގައި އުޅެފައި ކުއްލިއަކަށް ގޭގައި ބަންދުވާން ޖެހުމުން ކުރިން ކޮށް އުޅުނު ބައެއް ކަންކަން ވަގުތުން ހުއްޓާލަން އުނދަގޫ ވެދާނެއެވެ. އެގޮތުން ކާން ބޭނުންވާ އެއްޗެހި ގަނެ ހަދަން ކޮންމެ ގޮތެއް ހޯދައިންވެސް ބޭރަށް ދާން ބައެއް މީހުން ބޭނުންވެއެވެ.

އިންޑިއާގެ ގުޖްރާތުގެ މޯބީ ސަރަހައްދުގައި ދިރިއުޅޭ މީހުންނަކީ، "ޕާން މަސާލާ" ކެއުމަށް ވަރަށް ފޯރި ހުންނަ ބައެކެވެ. މިގޮތުން އެ ސިޓީގެ ފުލުހުން ދާދި ފަހުން މިވަނީ ޑްރޯނު ބޭނުން ކޮށްގެން މީހުންނަށް "ޕާން މަސާލާ" ޑެލިވަރ ކޮށްދިނުމުގެ މަސައްކަތް ކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފައެވެ. ގުޖްރާތު ފުލުހުންނަށް އެކަން އެނގުނީ ޑްރޯން ބޭނުން ކޮށްގެން ޕާން މަސާލާ ގެޔަކަށް ޑެލިވަރ ކޮށްދިން ވީޑިއޯ އެއް ޓިކްޓޮކްގައި ދައުރުވާން ފެށުމުންނެވެ.

ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ޑްރޯނު ބޭނުންކޮށްގެން ޕާން މަސާލާ ޑެލިވަރ ކޮށްދޭ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދެ ފިރިހެނުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!