ޚަބަރު

އައްޑޫގައި ދެ ސައިކަލެއްގައި ރޯކޮށްލައިފި

. ، ދެން އޮންލައިން
ސައިކަލެއްގައި ރޯކޮށްލާފައި/ ފޮޓޯ: އަލީ މުހައިމިން/ފޭސްބުކް

އައްޑޫ ސިޓީ ހިތަދޫގައި ދެ ސައިކަލެއްގައި ރޯކޮށްލާފައިވާ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

Ads by MPL

ފުލުހުންގެ މީޑިއާ އޮފިޝަލް "ދެން" އަށް މިއަދު ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ ދަންވަރު 03:55 ހާއިރު ދެ ސައިކަލެއްގައި ރޯވެފައި ހުރި މަންޒަރު، ރަށު ތެރޭގައި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ފެނިފައިވާ ކަމަށެވެ.

އަލިފާން ރޯވެފައި ހުރި ދެ ސައިކަލު ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށާއި، އަދި އެ ސައިކަލުގެ ކައިރީގައި ހުރި އިތުރު ސައިކަލަކަށްވެސް ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ސަރަހައްދުގައި ހުރި އިމާރާތެއްގެ ބިއްލޫރި ތަޅައިގެން ގޮސް އެތަނަށްވެސް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by HDC