ޚަބަރު

ދޯންޏެއް ދިޔަވެގެން ކަނޑުވި މީހަކު ސަލާމަތްކޮށްފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ކޯސްޓް ގާޑް / ފޮޓޯ: ދެން އިމޭޖްސް

ދޯންޏެއް ދިޔަވުމުގެ ސަބަބުން ކަނޑުވި މީހަކު ފުލުހުން ސަލާމަތްކޮށްފިއެވެ.

Ads by STELCO

ފުލުހުން މިއަދު ބުނީ ށ. ފުނަދޫ އިން ފީވަކަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ދިޔަވެ، އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު 11:50 ހާއިރު ކަމަށެވެ.

އެ މައުލޫމާތު ލިބުމާއެކު ފުލުހުންގެ ލޯންޗު އެ ސަރަހައްދަށް ގޮސް، ދޯނިން ދަތުރުކުރި މީހާ ފީވަށް ކައިރީ ކަނޑުތެރެއިން ނަގައިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ 68 އަހަރުގެ ފިރިހެނެކެވެ. އެމީހާގެ ހާލު ރަނގަޅެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން، އެމީހާ ދަތުރުކޮށްފައި ވަނީ އެކަނި ކަމަށް އެނގިފައިވާ ކަމަށެވެ.

އެދޯނީގެ ބައެއް ތަކެތި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!