ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 102 ވޭޕް ނައްތައިލައިފި
އެކިއެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ތަކެތީގެ ތެރެއިން ގަލޮޅު، ހެންވޭރު, އަދި މާފަންނު ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ވޭޕްތަކާއި ދުންފަތުގެ ބާވަތްތައް ނައްތައިލައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މިއަދު ދޫނިދޫގައި ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ 102 ވޭޕް، 145 ވޭޕް ފްލޭވަރ، 1096 ނެނޯސްޓިކް ކާޓްރިޖް ކަމަށެވެ. އަދި 114 ކޮއިލްއާއި ޑިސްޕޯސަބަލް ޕޮޑަކާއި 6 ރީފިލިންގ ކާޓްރިޖް، 3 ކާޓޫނު ސިނގިރޭޓް ނައްތައިލާފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި ތަކެތި ނައްތައިލުން ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ވޭޕް އަދި ވޭޕް ކާޓްރިޖްގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތައިލުމުގައި ޢަމަލުކުރާ ގޮތުގެ ޤަވައިދުގެ ދަށުން އެކަމަށް ޓަކައި އެކުލަވައިލައިފައިވާ ކޮމެޓީގެ ބެލުމުގެ ދަށުންކަމަށް ފުލުހުން ބުނެއެވެ.

