ޚަބަރު

ފައްތާހުގެ ކަށުނަމާދު ފަތިސް ނަމާދަށް ފަހު ދިއްދޫގައި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ކުރީގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު އަބްދުއްފައްތާހުގެ ކަށުނަމާދު، މިރޭގެ ފަތިސް ނަމާދަށް ފަހު ހއ. ދިއްދޫގައި ކުރުމަށް ހަމަޖެހިއްޖެއެވެ.

Ads by STELCO

ފައްތާހު ނިޔާވީ މިރޭ ސްޓްރޯކެއް ޖެހިގެން ހއ. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދަން ދަތުރުކުރަމުން ދަނިކޮށެވެ.

ފަތިސް ނަމާދަށް ފަހު ފައްތާހުގެ މައްޗަށް ކަށުނަމާދު ކުރާނީ ދިއްދޫގައި ހުންނަ މަސްޖިދުލްޣުފްރާން މިސްކިތުގައެވެ.

ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)އިން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވުނު ޕްރައިމަރީގައި ހއ. ކެލާގެ ކައުންސިލް ރައީސް ކަމަށް ކުރިމަތިލައި، އޭނާ ވަނީ އެ ޕްރައިމަރީ ވެސް ކާމިޔާބުކޮށްފައެވެ.

ފައްތާހުގެ ދިރިއުޅުން އުފަން ރަށް ކެލައަށް ބަދަލުކޮށް، އެ ރަށުގައި އަމިއްލަ ރެސްޓޯރަންޓެއް ވެސް ދިޔައީ ހިންގަމުންނެވެ.

ފައްތާހުގެ އެންމެ ފަހުގެ ފިލްމަކީ "ހައްދު"އެވެ. ފައްތާހުގެ ފިލްމުތަކުގެ ތެރެއިން "ވާ ލޯބި އެނގޭނަމަ", "ހިނިތުންވެލާށެ ކަލާ", "ތިއޭ މި ހިތުގެ ވިންދަކީ" ފަދަ ފިލްމުތައް ފާހަގަކޮށްލެވެއެވެ.