ޚަބަރު

ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރީ 20 އަހަރުގެ އަންހެނެއް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު 20 އަހަރުގެ އަންހެނަކާއި 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

Ads by STELCO

ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ ޅ. ނައިފަރު / ފަލަކް، ޝާއިން އަލީ (27އ) އާއި އއ. ފެރިދޫ / އިހުރާމްގެ، އާއިޝަތު މާޝާ އަހުމަދު (20އ)އެވެ.

ކޯޓު އަމުރެއްގެ ދަށުން އެ ދެ މީހުންނާ ގުޅުން އޮންނަ ހެންވޭރު ގެއެއްގެ އެޕާޓްމަންޓެއް ބަލައިފާސްކުރި އިރު އެ އެޕާޓްމަންޓުން 3 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފެނުނު ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ދެ މީހުންނަށް ވެސް 5 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހައިދީފައެވެ.

އެ މައްސަލަ ޑްރަގް އެންފޯސްމަންޓުން އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

Ads by Ooredoo