ގެއިން ނެރެލިޔަސް ހުންނާނެ ތަނެއް ނުދެއްކިޔަސް ﷲ އިރާދަ ކުރެއްވިއްޔާ ހާލުގައި ނުޖެހޭނެ:ޒިދާން
ގެއިން ނެރެލިޔަސް ހުންނާނެ ތަނެއް އާއިލާއިން ނުދެއްކިޔަސް الله އިރާދަ ކުރެއްވިއްޔާ ހާލުގައި ނުޖެހޭނެ ކަމަށް އިބްރާހީމް ޝާހްއާއި މަރުހޫމާ ޒިޔާދާ ނައީމްގެ ދޮށީ ދަރިފުޅު ޒިދާން އިބްރާހީމް ޙުސައިން ބުނެފިއެވެ.
ޒިދާން މިހެން ބުނެފައި މިވަނީ އޭނާގެ ބައްޕަ ތިން އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމާ ގުޅިގެން ކޮއްކޮ ގެއިން ނެރެލާފައިވާ ވަނިކޮށެވެ.
ޒިދާންގެ ބައްޕަ ، ގދ. ތިނަދޫ ، ޖަވާހިރުމާގެ ދެކުނު، އިބްރާހިމް ޝާހުގެ މައްޗަށް އުފުލާފައި ވަނީ ރޭޕްގެ ދައުވާ އާއި އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ އާއި، މީހަކު މަރުވެ ދިޔުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން މީހަކު މަރުވެ ދިޔުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާއެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ މި ހުރިހާ ދައުވާއެއް ވެސް ސާބިތު ނުވާ ކަމަށް ކަނޑައަޅާފައެވެ. އެހެންކަމުން ޕްރޮސެކިޔުޓަރ ޖެނެރަލް ވަނީ މި މައްސަލަތައް ހައިކޯޓްގައި އިސްތިއުނާފް ކޮށްފައެވެ.
ހައިކޯޓުން ވަނީ ޝާހުގެ މައްޗަށް އަނބިމީހާ ރޭޕްކުރުމުގެ ކުށް ސާބިތުވީ ކަމަށް ނިންމާ އޭނާ ތިން އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައެވެ. މި ހުކުމަށްފަހު ޝާހު ވަނީ ހަގު ދަރި ޒިޔާންއަށް ގުޅާ ގެއިން ނުކުތުމަށް ބުނެފައެވެ.
މިކަމާ ގުޅިގެން ޓްވިޓާގައި ޒިދާން ބުނީ ގެއިން ނެރެލިޔަސް އިރާދަ ކުރެއްވިއްޔާ ޙާލުގައި ނުޖެހޭނެ ކަމަަށާއި "ދެން އެސޮރަށް ގުޅާނެ ކަމެއް ނެތް" ކަމަށެވެ. ޒިދާންގެ މި ޓްވީޓާ ގުޅިގެން އެތައް ބަޔަކު ވަނީ އޭނާއަށް އެހީތެރިކަން ދިނުމަށް އިސްނަގާފައެވެ.
ޒިޔާން ގެއިން ނެރެލިކަން ދޮންމަންމަ ނަސްރީ ޢަބުދުއްސައްތާރު ދޮގު ކުރިކަމުގައި ވިޔަސް ، "ބައްޕަ ނެތް ތަނެއްގައި ހުންނާނެ ކަމެއް ނެތް" ކަމަށް ކުދިންގެ ބައްޕަ ޝާހް ބުނި ކަމަށް ނަސްރީ އެއްބަސްވެއެވެ.
މިކަމާއި ގުޅިގެން ޝާހުގެ ދަރިފުޅު ޒިދާން ކުރި ޓްވީޓެއްގައި ބުނީ ތިން އަހަރަކީ (ކުށާ ބަލާއިރު) ކުރު މުއްދަތެއް ކަމަށާއި ނަމަވެސް ކުޑަމިނުން މަންމައަށް އިންސާފު ލިބެމުންދާ ކަމަށެވެ. އަދި ބައްޕަގެ މައްޗަށް ކުރެވޭ އިތުރު ދެ ދައުވާއެއް އޮތްކަން ޒިދާން ވަނީ ފާހަގަ ކޮށްފައެވެ.
2015 ވަނަ އަހަރު ޑިސެމްބަރު މަހު ނިޔާވި މަންމައަށް އިންސާފު ނުލިބި އެތައް އަހަރެއް ވުމަށްފަހު ، ބައްޕަގެ މައްޗަށް ކުރި ހުކުމާއެކު ޒިދާން ވަނީ އޭނާގެ ޝުއޫރުތައް މީސްމީޑިއާގައި ހިއްސާކޮށްފައެވެ. އެގޮތުން އޭނާ ކުރި ޓްވީޓެއްގައި ބުނީ ތިން އަހަރަކީ (ކުށާ ބަލާއިރު) ކުރު މުއްދަތެއް ކަމަށާއި ނަމަވެސް ކުޑަމިނުން މަންމައަށް އިންސާފު ލިބެމުންދާ ކަމަށެވެ. އަދި ބައްޕަގެ މައްޗަށް ކުރެވޭ އިތުރު ދެ ދައުވާއެއް އޮތްކަން ވެސް ޒިދާން ވަނީ ފާހަގަ ކޮށްފައެވެ.
ހާލުގައި ނުޖެހޭނެ – އިންޝާ ﷲ – ކާމިޔާބު ހޯދުމަށް ގަދައަޅައި މަސައްކަތްކުރާތީ ދެކުދިންވެސް