ޚަބަރު

ފުލުހުންގެ ހާއްސަ ޑްރަގް އޮޕަރޭޝަނެއް ގއ. ގައި ފަށައިފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
އަލިމަގު އޮޕަރޭޝަނުގައި ފުލުހުން ހޯދާފައިވާ މަސްތުވާތަކެތި--

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާ ކުރާ ނެޓްވޯކްތައް ހުއްޓުވައި، ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ "އޮޕަރޭޝަން" އަލިމަގުގެ ދަށުން މިއަދު ގއ. އަތޮޅުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

Ads by STELCO

ފުލުހުން ބުނީ މިއަދު ހެނދުނު ފަށާފައިވާ މި އޮޕަރޭޝަނަކީ ގއ. އަތޮޅުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގަމުންދާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

މި އޮޕަރޭޝަނުގެ ތެރެއިން ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމާއި، ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަލިމަގު އޮޕަރޭޝަނުގެ ދަށުން މުޅި ރާއްޖެއިން 119 މީހަކު ހައްޔަރުކޮށް، 29.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް ކުރިން ފުލުހުން ބުނެފައިވެއެވެ.