ވިޔަފާރި

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑު ކުރިއެރުމެއް

ފާތިމަތު އަފްނާން ، ދެން އޮންލައިން
މާލޭގެ ވިޔަފާރި ބަނދަރު--

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއމްއޭ)އިން ނެރެފައިވާ 2025ވަނަ އަހަރުގެ ފަހު ކުއާޓަރުގެ ބިޒްނަސް ސާވޭއިން ދައްކާ ގޮތުން ރާއްޖޭގެ މައިގަނޑު ހުރިހާ ދާއިރާއެއްގެ ވިޔަފާރިތަކަށް މިދިޔަ ކުއާޓަރުގައި ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. ވަކިން ހާއްސަކޮށް ފަތުރުވެރިކަމާއި މުވާސަލާތީ ދާއިރާގެ ވިޔަފާރިތައް ވަނީ ބޮޑުތަނުން ރަނގަޅުވެފައެވެ.

Ads by STELCO

ސާވޭއިން ދައްކާގޮތުގައި 2025 ވަނަ އަހަރުގެ ފަހު ކުއާޓަރަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް ކާމިޔާބު ދުވަސްވަރެކެވެ.އެގޮތުން ރިސޯޓް ބުކިންތައް ވަނީ 85 ޕޮއިންޓުގެ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އަދި  ރިސޯޓުތަކަށް ލިބުނު އާމްދަނީ 91 ޕޮއިންޓަށް އުފުލިފައެވެ. މީގެ އިތުރުން ރިސޯޓުތަކުން ރޫމްތަކަށް ނެގި އަގު ވެސް ވަނީ އިތުރުވެފައެވެ.

2025 ވަނަ އަހަރުގެ ފަހު ކުއާޓަރު

ފަތުރުވެރިކަން: %91 އާމްދަނީ އިތުރުވެފައި.
މުވާސަލާތާއި ދަތުރުފަތުރު: ވިޔަފާރީގެ ހަރަކާތްތައް %88 ކުރިއަށް.
ހޯލްސޭލް އަދި ރީޓެއިލް: ވިޔަފާރި %62 އިތުރުވެފައި.

މި ރިޕޯޓް ދައްކާ ގޮތުން އިމާރާތްކުރުމުގެ ދާއިރާގައި ކުރިއަށްދާ މަޝްރޫއުތައް އިތުރުވެފައިވާއިރު، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކުގެ ސޭލްސް ވެސް ވަނީ 62 ޕޮއިންޓަށް ޖެހިލާފައެވެ. މިއީ މިއަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު ލިބުނު ބޮޑު ކުރިއެރުމެކެވެ.

އެމްއެމްއޭގެ މި ރިޕޯޓަށް މައުލޫމާތު ދީފައިވާ ވިޔަފާރިތަކުން ބުނެފައިވާ ގޮތުން މިދިޔަ ކުއާޓަރުގައި ވިޔަފާރިތައް ރަނގަޅުވި ނަމަވެސް، މި އަހަރު އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދަށްވުން ގާތެވެ.