ޚަބަރު

ދެމިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާ ގެއްލުނު މައްސަލައިގެ ތަހުގީގު އޮފިސަރު ސަސްޕެންޑްކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ ޝަހީދު އާދަމް ބިލްޑިން / ފޮޓޯ:ދެން އިމޭޖްސް

ކ. ތިލަފުށީގެ ގުދަނެއްގައި ހުރި ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، އެ މައްސަލައިގައި ހިމެނޭ ފުލުސް އިންވެސްޓިގޭޝަން އޮފިސަރު މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައެވެ.

Ads by STELCO

ފުލުހުން ބުނީ 31 ޑިސެމްބަރު 2025ގައި ފުލުހުންނަށް ހުށަހެޅި މި މައްސަލައިގެ ޖިނާއީ ތަހުގީގު ކުރިއަށްދާއިރު، އެ އޮފިސަރު މަސްޢޫލިއްޔަތުތަކުން އެކަހެރިކޮށް އޭނާއާ ގުޅޭ އިދާރީ މައްސަލައެއް ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ތަހުގީގުކުރަމުންދާ ކަމަށެވެ.

މި ތަކެތި ތިލަފުށިން މާލެ ގެނެސް ހުރީ މާލޭގެ ދެ ގެއެއްގައި ރައްކާކޮށްފައި ކަމަށާއި ކޯޓު އަމުރެއްގެ ދަށުން އެ ދެ ގެ ބަލައި ފާސްކުރުމަށް ފަހު، އެ ހުއިފިލަނޑާތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ތަކެތީގެ ބަރުދަނުގައި ޖުމްލަ 1,438ކިލޯ ހުރިއިރު، އޭގެ ތެރޭގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުން މަނާ 787.35ކިލޯގެ ހުއިފިލަނޑާ ހިމެނެއެވެ.