ދުނިޔެ

ފަރަންސޭސިވިލާތާއި އިންޑިއާގެ ގުޅުން 'ސްޕެޝަލް ގްލޯބަލް ސްޓްރެޓީޖިކް ޕާޓްނަރޝިޕް' އަކަށް ބަދަލުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްރޯން 2026 ފެބްރުއަރީ 17 އިން 19 އަށް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން "ސްޕެޝަލް ގްލޯބަލް ސްޓްރެޓީޖިކް ޕާޓްނަރޝިޕް" އަކަށް މަތިކޮށްފިއެވެ. މި އާ ފެންވަރަށް ގުޅުން ބަދަލުކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އީޖާދީ މަސައްކަތްތަކާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި އަލަށް ތައާރަފުވަމުން އަންނަ ޓެކްނޮލޮޖީތަކަށެވެ.

މުމްބާއީގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް މެކްރޯން ވިދާޅުވީ، "މިހާރު އޮތް ސުވާލަކީ އިންޑިއާއިން އީޖާދީ ކަންކަން ކުރާނެތޯއެއް ނޫނެވެ. ސުވާލަކީ އިންޑިއާއާއެކު އެ މަސައްކަތުގައި ބައިވެރިވާނީ ކޮން ބައެއްތޯއެވެ؟" މިއީ 2017 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން މެކްރޯން އިންޑިއާއަށް ކުރެއްވި ހަތަރުވަނަ ދަތުރުފުޅެވެ. މި ދަތުރުފުޅު ކުރައްވާފައިވަނީ އީޔޫ އާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.

ފަރަންސޭސިވިލާތާއި އިންޑިއާއާ ދެމެދު އޮތް ތާރީޚީ ގުޅުން 17 ވަނަ ގަރުނާ ހަމައަށް ދެމިގެންދާއިރު، 1998 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ފުރަތަމަ ފަހަރަށް ސްޓްރެޓީޖިކް ޕާޓްނަރޝިޕެއް ގާއިމުކުރެވުނެވެ. އިންޑިއާގެ ނިއުކްލިއާ ޓެސްޓުތަކާއި އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ގޮނޑިއަކަށް އިންޑިއާއިން ކުރާ މަސައްކަތުގައި ފަރަންސޭސިވިލާތުން އަބަދުވެސް އަންނަނީ ތާއީދުކުރަމުންނެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ދެ ގައުމުންވެސް ބޮޑު އިސްކަމެއްދެއެވެ. މިގޮތުން، ފަރަންސޭސިވިލާތުގެ ރީޔޫނިއަން އައިލެންޑަކީ ދެ ގައުމުގެ އަސްކަރީ އެއްބާރުލުމުގެ މުހިންމު މަރުކަޒެކެވެ. 2018 ވަނަ އަހަރު ގާއިމުކުރި ލޮޖިސްޓިކް އެއްބަސްވުމުގެ ދަށުން އިންޑިއާގެ ކަނޑުގެ ސިފައިންނަށް ފަރަންސޭސި މަރުކަޒުތައް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

ބައިނަލްއަގުވާމީ މައިދާނުގައިވެސް ދެ ގައުމުގެ ވިސްނުން އެއްގޮތްކަން ފާހަގަކުރެވެއެވެ. 2026 ވަނަ އަހަރު އިންޑިއާއިން ބްރިކްސް (BRICS) ގެ ރިޔާސަތު ބަލަހައްޓާއިރު، ފަރަންސޭސިވިލާތުން ދަނީ ޖީ-7 ގެ ރިޔާސަތު ބަލަހައްޓަމުންނެވެ. މި ފުރުސަތުގައި އެވިއަންގައި ބޭއްވޭ ޖީ-7 ސަމިޓަށް ޚާއްސަ މެހެމާނެއްގެ ގޮތުގައި ބޮޑުވަޒީރު މޯދީއަށް ރައީސް މެކްރޯން ވަނީ ދައުވަތު އަރުވާފައެވެ.

މި ދަތުރުފުޅުގެ ސަބަބުން ދިފާއީ އަދި ސިނާއީ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެ، ކުރިއަށް އޮތް ތަނުގައި ޓެކްނޮލޮޖީގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

Ads by PNC