ޚަބަރު

އެމްޕީއެލްއިން 55 ރަށަކަށް އެމްބިއުލެންސް ފޯރުކޮށްދީފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެމްޕީއެލްއިން ފޯރުކޮށްދިން އެމްބިއުލެންސްތަކެއް--

އެމްޕީއެލްއިން 55 ރަށަކަށް އެމްބިއުލެންސް ފޯރުކޮށްދީފިއެވެ.

Ads by STELCO

ރާއްޖޭގެ ހުރިހާ ރަަށަކަށް އެމްބިއުލެންސް ފޯރުކޮށްދިނުމަށް ހެލްތު މިނިސްޓްރީން ހިންގާ ޕްރޮގްރާމްގެ ދަށުން 56އެމްބިއުލެންސް ގެންނަން އެމްޕީއެލްއާ ހަވާލުކުރީ 2025ވަނަ އަހަރުއެވެ. އެއީ ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުންނެވެ.

އެގޮތުން އެއް އެމްބިއުލެންސް ކަރެކްޝަންސްއާ ހަވާލުކުރި އިރު ބާކީ 55އެމްބިއުލެންސް ފޯރުކޮށްދިނީ ރާއްޖޭގެ ދެކުނާއި އުތުރުގެ ރަށްތަކަށް ކަމަށް ވެސް އެމްޕީއެލްއިން ބުންޏެވެ.

އެމްބިއުލެންސްތައް ފޯރުކޮށްދިނުމުގެ މަސައްކަތް މިދިޔަ މަހުގެ 17ވަނަ ދުވަހު ފެށިއިރު ހުރިހާ އެމްބިއުލެންސް ފޯރުކޮށްދީ ނިންމީ މި މަހުގެ 14ވަނަ ދުވަހުއެވެ.

އެމްބިއުލެންސްތައް ހަވާލުކުރުމުގެ އިތުރުން އެ ތަކެތި ދުއްވުމާއި މަރާމާތުކޮށް ބެެލެހެއްޓުމާ ބެހޭ ފަންނީ މައުލޫމާތު އެމްޕީއެލްގެ މެކޭނިކަލް ޓީމުން ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކުގެ މުވައްޒަފުންނަށް ފޯރުކޮށްދިން ކަމަށް ވެސް އެމްޕީއެލްއިން ބުންޏެވެ.

އަދި މިހާރު ބޭނުންކުރަމުންދާ ބައެއް އެމްބިއުލެންސްތަކަށް ދިމާވެފައިވާ މައްސަލަަތައް ދެނެގަތުމަށް ވެސް އެހީތެރިވެދިން ކަމަށް އެމްޕީއެލްއިން ބުންޏެވެ.

Ads by PNC