ޚަބަރު

މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

މަސްތުވާތަކެތީ ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހުޅުމާލެއިން ދެ މީހުން ހައްޔަރުކޮށްފިއެވެ.

Ads by Allied

އެ މައްސަަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ލ. އިސްދޫ / އޯކިޑްމާގެ، އަބްދުﷲ އަފީފް (40އ)އަދި ތ. ތިމަރަފުށި / ލަކީހައުސް، ސަފްވާން އަލީ (38އ)އެވެ.

ފުލުހުން ބުނީ އެ ދެ މީހުން ވެސް ހައްޔަރުކުރީ ވައްކަމުގެ މައްސަލަތަކަށް އަމާޒުކޮށްގެން ރަށުތެރެ ޕެޓްރޯލުކުރުމުގެ ތެރޭގައި ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސްކުރުުމަށް ފަހު ކަމަށެވެ.

އެގޮތުން މިިދިޔަ ހޯމަ ދުވަހުގެ ރޭ އެ ދެ މީހުން ހުޅުމާލެ ނިރޮޅުމަގުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 10ރަބަރު ޕެކެޓާއި 30500އަށްވުރެ ގިނަ ދިވެހި ރުފިޔާއާއި 190އަށް ވުރެ ގިނަ ޑޮލަރު ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި އަފީފް ހަތް ދުވަހަށް އަދި ސަފްވާން 15ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ،

Ads by PNC