ޚަބަރު

އެލައިޑް އިންޝުއަރެންސްގެ 41 ވަނަ އަހަރީ ދުވަހާ ގުޅިގެން ހާއްސަ ޕްރޮމޯޝަނަކާއި އައު ލޯގޯއެއް ތައާރަފްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެލައިޑް އިންޝުއަރެންސްގެ 41 ވަނަ އަހަރީ ދުވަހާ ގުޅިގެން، ކަސްޓަމަރުންނަށް ހާއްސަ އިނާޔަތްތަކަކާއި ކުންފުނީގެ އައު ޑިޖިޓަލް ލޯގޯ މިއަދު ވަނީ ތައާރަފްކޮށްފައެވެ.

Ads by Allied

މި މުނާސަބަތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާންކުރި ގޮތުގައި، މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ސައިކަލްތަކަށް "ކޮމްޕްރިހެންސިވް މޮޓޯ ޕްލޭން" އަލަށް ނަގާ ނުވަތަ އާކުރާ ކަސްޓަމަރުންނަށް 25 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެއެވެ.

މީގެ އިތުރުން، މިއަދު އެލައިޑްގެ ފްރަންޓް އޮފީހަށް ޒިޔާރަތްކުރި ފުރަތަމަ 41 ކަސްޓަމަރުންނަށް ހާއްސަ ގިފްޓް ޕެކެއް ދީފައިވާއިރު، ވެލާނާ ބިލްޑިންގް ކައިރީގައި އާންމުންނަށް ކަޕްކޭކް ބެހުމުގެ ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކުންފުނީގެ ކުރިއެރުމާ ބެހޭގޮތުން ވާހަކަދައްކަވަމުން ޗީފް އަންޑާރައިޓިންގް އޮފިސަރު އިއުލިއާނާ ރުސޭ ވިދާޅުވީ، ނިމިދިޔަ އަހަރަކީ އެލައިޑްގެ އާމްދަނީ 26 އިންސައްތަ އިތުރުވި ކާމިޔާބު އަހަރެއް ކަމަށާއި، އަމާޒަކީ ކަސްޓަމަރުން ބޭނުންވާ ފަދަ އައު ޕްލޭންތަކާއެކު ހިދުމަތްތައް އިތުރަށް ފުޅާކުރުން ކަމަށެވެ.

ހަމައެއާއެކު، މަގުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ފުލުހުންނާ ގުޅިގެން ހިންގާ "ރައްކާ ރޯޑް ސޭފްޓީ އެވެއާނަސް ކެމްޕެއިން" ކުރިއަށް ގެންދިއުމުގެ އައު އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި އެލައިޑްގެ ފަރާތުން މެނޭޖިންގް ޑިރެކްޓަރު ހުސެއިން ލުވޭޒް ސޮއިކުރެއްވިއިރު، ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލީސް އިސްމާއިލް ނަވީންއެވެ. 2015 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ މަގުމަތީގެ ގަވާއިދުތަކަށް އާންމުން އަހުލުވެރިކުރުވުމުގައި މުހިންމު ދައުރެއް އަދާކުރާ ހަރަކާތެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!