ޚަބަރު

ކާށިދޫ ކަރަންޓީން ކުރާކަށް ނާންގަން: އެޗްޕީއޭ

ދެން އެމްވީ ، ދެން އޮންލައިން

ކ. ކާށިދޫ ކަރަންޓީން ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައި ނުވާނެ ކަމަށް އެ އިދާރާއިން ބުނެފި އެވެ.

Ads by Sosun Fihaara

އެޗްޕީއޭއިން އަންގާފައިވާ އެންގުމެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުން އަންނަ އެންގުމާއި ގުޅިގެން އެޗްޕީއޭ އިން ބުނީ އެފަދަ އެންގުމެއް މިހާތަނަށް އަންގާފައި ނުވާ ކަމަށާއި އެއީ ދޮގު ވާހަކައެއް ކަމަށެވެ.

އެޗްޕީއޭގެ ނަމުގައި ކާށިދޫ ކައުންސިލްގެ އިދާރާއަށް އެޑްރެސްކޮށްފައިވާ ފޭކް ލިޔުމުގައި ބުނެފައި ވަނީ އެ ރަށް ކަރަންޓީން ކޮށްފައިވަނީ ކޮވިޑް-19އާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.

މި އެންގުމާއި ގުޅިގެން ކާށިދޫ ކައުންސިލުގެ މެމްބަރު އިބްރާހީމް ފައިސަލް ވިދާޅުވީ، ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އެންގުމާއި ގުޅިގެން އެކަން ރަސްމީކޮށް އަންގާފައިވޭތޯ ކަށަވަރުކުރަމުން އަންނަ ކަމަށެވެ. އެކަމަކު މިހާތަނަށް އެފަދަ އެންގުމެއް އަންގާފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!