Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރާއްޖޭގައި ކޮވިޑް-19 ފެތުރޭނެ ކަމަކީ އެނގިތިބިކަމެއް، ސަރުކާރު އޮތީ ތައްޔާރަށް: ނަޝީދު

ރާއްޖޭގައި ކޮވިޑް-19 ފެތުރޭނެ ކަމަކީ އެނގިތިބިކަމެއް ކަމަށާއި އެ ހާލަތަށް ސަރުކާރު އޮތީ ތައްޔާރަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ ފުރަތަމަ ފަހަރަށް މާލެއިން ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެންނެވެ. މިއާއެކު ކޮމިއުނިޓީ ސްޕްރެޑް ނުވަތަ އާންމުގެ ތެރޭގައި މި ބަލި ފެތުރިދާނެ ކަމުގެ ބިރުވެރިކަން މިވަނީ ބޮޑުވެފައެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19ގެ ކަންކަން މިދަނީ އެންމެ ފުރަތަމަ ވެސް މިކަން ވާނެ ކަމަށް އަންދާޒާ ކުރެވުނު ގޮތަށް ކަމަށެވެ.

Advertisement
Allied Insurance — Square (box)

"ސަރުކާރު ވަނީ މިކަމަށް ތައްޔާރުވެފައި، ކަންބޮޑުވެވަޑައި ނުގަންނަވާ. އިރާދަފުޅުން މިކަމުން އަވަހަށް ސަލާމަތް ވާނެ" ނަޝީދު ވިދާޅުވިއެވެ.

މިއަދު މާލެއިން ކޮވިޑަށް ފައްސިވެފައި ވަނީ މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ މީހެކެވެ. މިއީ މާލޭ ތެރެއިން ފައްސިވި ފުރަތަމަ މީހާ އެވެ.

އެޗްޕީއޭއިން ބުނީ އޭނާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް