ޚަބަރު

އެސްޓީއޯ ސްޕަމާޓް ކައިރީގައި ދިގު ކިއުއެއް ދަމާލައިފި

ދެން އެމްވީ

ކޮވިޑް-19 އަށް މާލެއިން މިއަދު ދިވެއްސަކު ޕޮޒިޓިވްވުމާއެކު، އޯކިޑް މަގުަގައި ހުންނަ އެސްޓީއޯގެ ފިހާރައިގައި ކިއު ދަމާލައިފިއެވެ.

އެއްވެސް ޓްރެވަލް ހިސްޓްރީއެއް ނެތް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ހަބަރާއެކު މާލޭގެ މަގުތައް ވެސް ވަނީ ތޮއްޖެހިފަ އެވެ. ކާބޯތަކެތި ގަތުމަށް ފިހާރަތަކުގައި ގިނަ ބަޔަކު ވަނީ ކިއު ހަދާފަ އެވެ. އެގޮތުން މަސް ފިހާރަތަކާއި ކާބޯތަކެތީގެ ވިޔަފާރި ކުރާ ތަންތަނުގެ އިތުރުން މާރުކޭޓަށް ވެސް ގިނަ ބަޔަކު ވަނީ ތަކެތި ގަތުމަށް ގޮސްފަ އެވެ.

މިހާތަނަށް ރާއްޖެއިން 21 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން ތިން މީހަކު ފިޔަވައި އެންމެން ވަނީ ރަނގަޅުވެފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!