ޚަބަރު

15:30 ގެ ކުރިން މަގުމަތީގައި އުޅޭ އެންމެން ގެޔަށް ވަދޭ- ފުލުހުން

ދެން އެމްވީ ، ދެން އޮންލައިން

މާލޭ ސިޓީގައި 24 ގަޑިއިރުގެ ލޮކްޑައުން އިއުލާނުކުރުމާއެކު މަގުމަތީގައި އުޅޭ ހުރިހާ އެންމެން 15:30 ގެ ކުރިން ގެއަށް ވަނުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

Ads by STELCO

ކޮވިޑް-19 ޖެހިފައިވާ މީހަކު ފެނުމާ ގުޅިގެން މާލޭ 24 ގަޑިއިރަށް ލޮކްޑައުން ކޮށްފައިވާއިރު އެޗްޕީއޭ އިން ނެރުނު

ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން، މި އެންގުން އަންގާ ވަގުތުން ފެށިގެން، ވަކި ގޮތެއް އަންގަންދެން 24 ގަޑިއިރަށް އަންނަނިވި ފިޔަވަޅުތައް އެޅުމަށް އަންގާކަމަށެވެ. އެ ފިޔަވަޅުތަކަކީ

1. މާލެ، ހުޅުމާލެ، ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި ޢާންމު ތަންތަނަށް ނިކުތުން މަނާކުރުން.
2. މާލެ، ހުޅުމާލެ، ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓު (ބަހާއި ފެރީ) ގެ ޚިދުމަތް ހުއްޓައިލުން.
3. މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅަށް މީހުން އަރައި ފޭބުން ހުއްޓައިލުން.

ލޮކްޑައުންގައި އަޅާ ފިޔަވަޅުތައް އިސްތިސްނާވާ ފަރާތްތައް:

1. ސިފައިންނާއި ފުލުހުން.
2. ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
3. އެމްބިއުލަންސް
4. ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯސީ) ގެ ފާސް ލިބިފައިވާ ފަރާތްތައް.
5. ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯ.ސީ) ގެ ފާސް ލިބިފައިވާ މީޑިއާތައް.

މަތީގައި ބަޔާންކޮށްފައިވާ އިސްތިސްނާ ހާލަތްތަކުގެ އިތުރުން، އެޗްޕީއޭއިން ކަނޑައަޅާ ޚާއްޞަ ހާލަތްތަކުގައި، އަންގާ ގޮތެއްގެ މަތިން ޢަމަލުކުރެވޭނެކަމަށާއި އަދި އިސްވެ ދެންނެވި ފިޔަވަޅުތައް ތަންފީޛުކުރުމުގައި ވަގުތަށާއި ޙާލަތަށް
ރިޢާޔަތްކޮށްއަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި ޟަރޫރީ ބޭނުންތަކަށް މަގުފަހިކޮށްދިނުމުގެ ކަންކަން ހަމަޖައްސާނީ
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަމަށާއި މަތީގައިވާ ފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާކަމަށް ބުނެފައިވެއެވެ.

މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށްވެސް އެންމެހައި ފަރާތްތަކަށް އަންގާކަމަށް ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!