ޚަބަރު

މާލެއިން ކޮވިޑް ޖެހުނު މީހާއާ ގުޅުން ހުރި 11 މީހެއްގެ ޓެސްޓު ކުރަނީ

މާލެއިން ކޮވިޑް ޖެހުނު މީހާއާ ގުޅުން ހުރި 11 މީހެއްގެ ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާުވެއްޖެއެވެ.

ގައުމާ މުހާތަބު ކުރައްވާ މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މާލެއިން ފައްސިވި މީހާއާ ޑައިރެކްޓްް ކޮންޓެކްޓްވި މީހުން މިހާރު ދެނެގަނެވިފައިވާ ކަމަށާއި އޭގެ ތެރެއިން 11 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓު ކުރަމުންދާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މިއަދު މާލެއިން ފައްސިވި މީހާ ރޯގާގެ އަސަރު ހުރިކަމަށް ވެގެން ފުލޫ ކްލިނިކަށް ދިޔައީ އިއްޔެގެ ވަގުތެއްގައެވެ. އޭނާގެ ސާމްޕްލް މެގުމަށް ފަހު ޓެސްޓުކޮށް ނަތީޖާ ލިބުނީ މިއަދުއެވެ. ރައީސަށް އޭނާ ފައްސިވިކަން އެނގިވަޑައިގަތީ ހެނދުނުގެ ވަގުތެއްގައެވެ.

އެޗްޕީއޭއިން މިހާރު ދަނީ އެމީހާޔާ ބައްދަލުވީ މީހުން ހޯދައި ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މާލެ މިހާރު އޮތީ ސައުވީސް ގަޑިއިރަށް ލޮކްޑައުން ކޮށްފައި ކަމަށާއި، މިއަދު ފައްސިވި މީހާޔާ ކޮންޓެކްޓްވި މީހަކު މާލެ އަތޮޅު ކާށިދުއަށް ގޮސްފައިވާކަން އެނގިފައިވާތީ އެރަށްވެސް މިހާރު މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އެދިވަޑައިގެންފައި ވަނީ އެންމެ ކެތްތެރިކަމާއެކު ސިއްހީ ދާއިރާގެ ބޭފުޅުންގެ އިރުޝާދުތަކަށް ފުރިހަމައަށް އަމަލު ކުރުމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!