ރައީސް ގައުމާ މުހާތަބު ކުރައްވަމުން ކީރިތި ކުރައްވައިފި
ރައީސް ގައުމާ މުހާތަބު ކުރައްވަމުން ކީރިތި ކުރައްވައިފިއެވެ.
ގައުމާ މުހާތަބު ކުރައްވަމުން ރައީސް ތަކުރާރުކޮށް އެދިވަޑައިގަތީ މިކަމުގައި ރައްޔިތުންގެ އެއްބާރުލުމާއި ކެތްތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. މިކަމުން އަރައިގަތުމަށް އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށާއި މިއީ އެންމެން އެކުވެރިކަމާ އެކު މަސައްކަތްކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު، ގައުމާ މުހާތަބު ކުރައްވަމުން ގެންދަވަނިކޮށް ރައީސްގެ އަޑު ހުއްޓި، ވަނީ ކީރިތި ކުރައްވާފަ އެވެ.
ބޭހެއް އަދި ވެކްސިނެއް ނެތް މި ބަލިން ސަލާމަތްވާން ކުރެވޭން އޮތް އެންމެ މުހިއްމު ކަމަކީ ސިއްހީ ދާއިރާގެ ބޭފުޅުން އަންގަވާ އެންގެވުން ތަކަށް އަމަލުކޮށް ކެތްތެރިކަމާއެކު ތިއްބެވުން ކަމުގައި ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ އޮތީ ދިމާވެދާނެ ހާލަތަކަށް ތައްޔާރަށެވެ. ޖެނުއަރީ ފުރަތަމަ ހަފުތާއިން ފެށިގެން ރާއްޖެ ދަނީ މިފަދަ ކަމެއް ކުރިމަތި ވެދާނޭ ކަމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންނެވެ.
މާލެ މިހާރު އޮތީ ސައުވީސް ގަޑިއިރަށް ލޮކްޑައުން ކޮށްފައި ކަމަށާއި، މިއަދު ޕޮޒިޓިވްވި މީހާޔާ ކޮންޓެކްޓްވި މީހަކު މާލެ އަތޮޅު ކާށިދުއަށް ގޮސްފައިވާކަން އެނގިފައިވާތީ އެރަށްވެސް މިހާރު މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އެދިވަޑައިގެންފައި ވަނީ އެންމެ ކެތްތެރިކަމާއެކު ސިއްހީ ދާއިރާގެ ބޭފުޅުންގެ އިރުޝާދުތަކަށް ފުރިހަމައަށް އަމަލު ކުރާށެވެ.