ޚަބަރު

ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވެއްޖެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފެން ހިންދުމުގެ މަސައްކަތުގައި ދިފާއީ ބާރުން ހަރަކާތްތެރި ވަނީ / ފޮޓޯ: ޤައުމީ ދިފާއީ ބާރު

ބޯކޮށް ވާރޭވެހި މާލެ ސިޓީގެ މަގުތަކުގައި ފެން ބޮޑުވެއްޖެއެވެ.

Ads by Allied

ޤައުމީ ދިފާއީ ބާރުން ބުނީ، މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތުގައި ދިފާއީ ބާރުގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. އަދި ޕަންޕުގެ އެހީގައި ބޮޑު ބަޔަކުން ފެން ހިނދާފައިވާ ކަމަށާއި ގެތަކަށް ފެން ނުވަންނާނެހެން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ދިފާއީ ބާރުން މަޢުލޫމާތުދެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ހުދު ސަމާލު ވެސް ނެރެފައެވެ. ހަމައެހެންމެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ސަލާމަތީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް މެޓް އޮފީހާއި ދިފާއީ ބާރުން އިލްތިމާސްކުރެއެވެ. އަދި ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.

Ads by Allied Insurance