ވިޔަފާރި

އެޑެލްވައިސް އެއާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި

ފާތިމަތު އަފްނާން ، ދެން އޮންލައިން

މި އަހަރުގެ ހޫނު މޫސުމާ ދިމާކޮށް ސްވިޒަލެންޑްގެ އެޑެލްވައިސް އެއާއިން ދިވެހިރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ.

Ads by Allied

އެމްއޭސީއެލް ސއިން ބުނީ އެގޮތުން އެޑެލްވައިސް އެއާއިން މިހާރުވެސް ދިވެހިރާއްޖެއަށް ކުރަމުން އަންނަ ޝެޑިއުލް ދަތުރުތަކުގެ އިތުރަށް, މި އަހަރުގެ ޖުލައި 4އިން 13ސެޕްޓެންބަރުގެ ނިޔަލަށް ކޮންމެ ހަފުތާއަކު ދެ ދަތުރު ކުރާނެއެވެ. އެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ ބުދަ އަދި ހޮނިހިރު ދުވަހުއެވެ.

މި ނިންމުމާއެކު ހޫނު މޫސުމާ ދިމާކޮށް އެޑެލްވައިސް އެއާއިން ރާއްޖެ އަށް އިތުރު 21ދަތުރުކުރާނެއެވެ.

އެޑެލްވައިސް އެއާއަކީ ސްވިޒަލެންޑްގެ ތިންވަނަ އަށް އެންމެ ބޮޑު އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 4ނޮވެންބަރު 2000ގައެވެ. އެގޮތުން މިދިޔަ އަހަރަކީ އެ އެއާލައިނުން ރާއްޖެއަށް ދަތުރުކުރަން ފެށިތާ 25އަހަރު ފުރުނު އަހަރެވެ.

Ads by Allied Insurance