ވިޔަފާރި

ދައުލަތަށް ނުލިބިހުރި 800 މިލިއަން ރުފިޔާ ހޯދައިފި

ފާތިމަތު އަފްނާން ، ދެން އޮންލައިން
މީރާ: އެ އޮތޯރިޓީއަށް މިދިޔަ މަހު 2.3 ބިލިއަން ރުފިޔާ ލިބުނު ކަމަށް ވަނީ ބުނެފައި / ފޮޓޯ:ދެން އިމޭޖްސް

ޓެކްސް ދައްކަން ޖެހޭ ފަރާތްތަކުން ދައުލަތަށް ނުދައްކާހުރި 800 މިލިއަން ރުފިޔާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހޯދައިިފިއެވެ.

Ads by Allied

މީރާއިން ބުނީ މިދިޔަ މަހު އެ އޮތޯރިޓީން ކުރި މަސައްކަތުން 882 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ. މި ފައިސާގެ ތެރޭގައި ހިމެނީ ޑިއުސް ކްލިއަރެންސުގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ 411 މިލިއަން ރުފިޔާ އާއި ފައިސާ ނުދައްކާ ހުންނަ ފަރާތްތަކަށް އެކަން ހަނދާންކޮށްދީ، ފައިސާ ހޯދުމަށް ކުރި ތަފާތު މަސައްކަތުން 397 މިލިއަން ރުފިޔާ އާއި އިންސްޓޯލްމަންޓް ޕްލޭންތަކުން ލިބުނު 61 މިލިއަން ރުފިޔާ އަދި ރިމައިންޑާ ކޯލާއި އީމެއިލްތަށް ފޮނުވާ ހަނދާންކޮށް ދީގެން ވަނީ 13 މިލިއަން ރުފިޔާ ހޯދާފައެވެ.

މީރާއިން ދާދިފަހުން ވަނީ އިންކަމް ޓެކްސް ނުދައްކާހުރި ފަރާތްތަކުގެ ނަންތައްވެސް އާއްމުކޮށްފައެވެ. މި ލިސްޓުގައި  މި ލިސްޓުގައި ޖުމްލަ 43 ވިޔަފާރިއެއް ހިމެނެއެވެ.

މީރާގެ އެންމެ ފަހުގެ ރިޕޯޓުތަކަށް ބަލާއިރު، ދައުލަތަށް ނުލިބިވާ ފައިސާގެ ޖުމްލަ 15 ބިލިއަން ރުފިޔާއަށްވުރެ މަތީގައި އުޅޭނެ ކަމަށް ލަފާކުރެވެއެވެ. މީގެ ތެރޭގައި ޖީ.އެސް.ޓީ ވިޔަފާރިތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ އާއި ބިމު ކުލީގެ ގޮތުގައި ރިސޯޓުތަކުގެ ބިމު ކުލީގެ ގޮތުގައި ނުދައްކާ ހުރި ބޮޑު އަދަދުތަކެއް ހުރިއިރު، ކޯޕަރޭޓް އިންކަމް ޓެކުހުހެ ގޮތުގައި ކުންފުނިތަކުގެ ފައިދާއިން ދައްކަންޖެހޭ ބޮޑެތި އަދަދުތަކެއް ވެސް ހިމެނެއެވެ.

Ads by Allied Insurance