ސިއްޙަތު

ނޫޑްލީސް، ރަހަ ވަރަށް މީރު، ނަމަވެސް ސިއްހަތަަށް އެތައް ގެއްލުންތަކެއް! އަދިވެސް ކާނަންތަ؟

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ނޫޑްލީހަކީ އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައިވެސް މިއަދު އެންމެ މަގުބޫލު އެއް ކެއުން ކަން ގައިމެވެ. ނަމަވެސް ވިދާ ކޮންމެ އެއްޗަކީ ރަނެއް ނޫނޭ ބުނާ ބީދައިން ރަހަ މީރު ކޮންމެ އެއްޗަކީ ސިއްހަތަށް ފައިދާހުރި އެއްޗެއް ނޫނެވެ.

Ads by Hajj Corporation

ނޫޑްްލިސްގައި ގިނަ އަދަދަކަށް ކާބޯހައިޑްރޭޓްސް އެކުލެވިގެން ވުމާއި އަދި ނިއުޓްރިއަންސްގެ ބައި ނޫޑްލީހުގައި ދަށްވުމުގެ ސަބަބުން ހަށިގަނޑަށް އެތައް ގެއްލުންތަކެއް ލިއްބައިދެއެވެ. ގިނަ ދުވަހަށް ނުބައިނުވެ ނޫޑްލިސް ބެހެއްޓުމަށް ޓަކައި، ޕެކެޓް ކުރާއިރު އެއަށް އެތައް އާރޓިފިޝަލް މާއްދާތަކެއްވެސް އަޅާކަމަށް ވެއެވެ.

އެހެންކަމުން ރަަހަ ކިތައްްމެ މީރުކަމުގައި ވިޔަސް ނޫޑްލީހަކީ ސިއްހަތަށް އެތައް ގެއްލުންތަކެއް ލިއްބައިދޭ އެއްޗެކެވެ.

1- ގިނަ އަދަދަކަށް ސަރުބީ އެކުލެވިގެންވޭ 

ނޫޑުލިސް އަކީ ތައްޔާރީ ކާނާއެކެވެ. ތައްޔާރީ ކާނާތަކަކީ ގިނަ އަދަދަކަށް ސަރުބީ އާއި އެސިޑްގެ މާއްދާތައް އެކުލެވިގެންވާ އެއްޗެކެވެ. މީގެ އިތުރުންވެސް ނޫޑުލީހުގައި ގިނަ އަދަދެއްގެ އާޓިފިޝަލް ފްލޭވާތައް އެކުލެވިގެން ވެއެވެ. އެހެން ކަމުން މި މާއްދާތަކުގެ ސަބަބުން ނޫޑްލީހަކީ ހަށިގަނޑަށް ގެއްލުންދޭ އެއްޗެއް ކަމުގައި ވެއެވެ.

2- ބައިގެން ދިއުމަށް މަގުފަހިވޭ

ނޫޑްލީހަކީ މާބަނޑު އަންހެނުން ކާން ރައްކާތެެރި އެއްޗެއް ނޫނެވެ. ސަބަބަކީ މާބަނޑު ދުވަސްވަރު ނޫޑްލިސް ކެއުމަކީ ބަނޑުގައިވާ ދަރިފުޅު ބައިގެން ދިއުމަށް މަގުފަހިވާ ކަމެެއް ކަމުގައި ވާތީއެވެ. އެހެން ކަމުން މާބަނޑު ދުވަސްވަރު ކިތައްމެ ކާހިތްވި ކަމުގައި ވިޔަސް ނޫޑްލިސް ނުކައްޗެވެ. ސަބަބަކީ ނޫޑްލިސް ކެއުމުގެ ސަބަބުން ދަރިފުޅުގެ ހެދިބޮޑުވުމަށް ވަރަށް ބޮޑަށް އަސަރު ކުރާނެއެވެ.

3- ނޫޑްލިސް ކެއުމަކީ ފަލަވުމަށް މަގުފަހިވާ ކަމެއްް

ނޫޑްލީހުގައި ހިމެނޭ ސަރުބީ އާއި ސޯޑިއަމްގެ ސަބަބުން ތިބާ ފަލަވުމަށް މަގުފަހިކޮށްދެއެވެ. އަދި ގަވައިދުން ކޮންމެ ދުވަހަކު ނޫޑްލިސް ކާނަމަ ބަރުދަން ވަރަށް ބޮޑުތަން އިތުރުވެގެން ދާނެއެވެ.

4- ދިފާއީ ނިޒާމް ބަލިވުމަށް މަގުފަހިވޭ

ނޫޑްލީހުގައި ހިމެނޭ މާއްދާއެއް ކަމަށްވާ ޕްރޮޕިލީން ބްލައިކޯލްގެ ސަބަބުން އިންސާނާގެ ދިފާއީ ނިޒާމަށް ވަރަށް ގިނަގުނަ ނޭދެވޭ އަސަރުތަކެއް ކުރެއެވެ. ސަަބަބަކީ ހިތާއި ކިޑްނީ އާއި ލިވާގައި މި މާއްދާ ވަރަށް އަވަހަށް  ރައްކާކޮށް ފެތުރިގެން ދާ ކަމަށް ސިއްހީ މާހިރުން ބުނެއެވެ. އެހެންވުމުގެ ސަބަބުން އިންސާނާގެ ދިފާއީ ނިޒާމު ހަލާކުކޮށް އެތައް ގެއްލުންތަކެއް ލިއްބައިދެއެވެ.

 

ނޫޑްލިސްގެ ސަބަބުން މިނޫނަސް އިތުރު އެހެން ގެއްލުންތައްވެސް ލިއްބައިދެއެވެ. އަދި ކޮންމެ ދުވަހަކު އާދަކޮށް ނޫޑްލިސް ކެއުމަކީ ސިއްހަތަށް ގެއްލުން ހުރި ކަމެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!