ޗައިނާގެ ކުންފުނިތަކުގެ ފައިދާ ޖެހިޖެހިގެން ތިންވަނަ އަހަރަށް ދަށަށް
ޗައިނާގެ އެތެރޭގެ ބާޒާރުގައި މުދަލާއި ހިދުމަތަށް އޮތް ޑިމާންޑް ދަށްވުމުގެ ސަބަބުން، 2025 ވަނަ އަހަރު އެގައުމުގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ކޮންމެ ހަތަރު ކުންފުންޏަކުން އެއް ކުންފުންޏަކަށް ވަނީ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައެވެ.
ޗައިނާގެ އާންމު ރައްޔިތުން ކުރާ ހަރަދުތައް މަދުވުމުގެ ސަބަބުން، އެގައުމުގެ ސުޕަމާކެޓުތަކާއި އެހެނިހެން ރީޓެއިލް ވިޔަފާރިތަކަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ.
ހޮންކޮންގް -- ޗައިނާގެ ކުންފުނިތަކުން ހާމަކޮށްފައިވާ މާލީ ރިޕޯޓުތަކުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރަކީ އެގައުމުގެ ކުންފުނިތަކުގެ ސާފު ފައިދާ ޖެހިޖެހިގެން ދަށަށް ދިޔަ ތިންވަނަ އަހަރެވެ. ރިއަލް އެސްޓޭޓް ދާއިރާއަށް ދިމާވެފައިވާ ހީނަރުކަމާއި، ގިނަ އަދަދެއްގެ ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން، ވަޒީފާގެ ފުރުސަތުތަކަށާއި މުޅި އިގްތިސާދަށް ވަނީ ނޭދެވޭ އަސަރުތަކެއް ކުރަން ފަށާފައެވެ.