ޚަބަރު

ހާހަކަށްވުރެ ގިނަ މީހުން "ގޮއްޔެ" ގެސްކޮށްފި، އަދި ވެސް ފުރުސަތު އެބައޮތް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކުރިއަށް އޮތް އީދާ ދިމާކޮށް ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫޕް "ހޭވައްލާ" އިންނެރުމަށް ހަމަޖެހިފައިވާ އީދު ލަވަ، "ގޮއްޔެ"ގެ ލީޑް ތަރި ދިމާކުރަން ހުޅުވާލި ފުރުސަތުގައި ހާހަކަށްވުރެ ގިނަ މީހުން ބައިވެރިވެއްޖެއެވެ.

Ads by Allied

އިންސްޓްގްރާމާއި، ފޭސްބުކްގެ އިތުރުން ޓިކްޓޮކްގައި ހުޅުވާލި މިފުރުސަތުގައި "ގޮއްޔެ" ދިމާކޮށްގެން 2،999 ރުފިޔާގެ ޕާޓީ ބޮކްސްއެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ.

ކޮމެންޓްތަކަށް ބަލާލާއިރު، ގޮއްޔެއަކީ މަޝްހޫރު ބައެއް ފިލްމީ ތަރިންނާއި، އިންފްލުއެންސަރުންނާއި ލަވަ ކިޔުންތެެރިން ކަމަށް ވެސް ބުނެފައި އެބައޮތެވެ. އެގޮތުން ބައެއް މީހުން ބުނާ ގޮތުގައި ގޮއްޔެއަކީ ފިލްމީ ތަރި ވާޝިއާއެވެ. އަނެއް ބަޔަކު ބުނަމުން އަންނީ ގޮއްޔެއަކީ ފިލްމީ ތަރި އައްޒަ ކަމަށެވެ. އަނެއް ބަޔަކަށް ގޮއްޔެ ވައްތަރު ވަނީ އިންފްލިއެސަރ ޒާރާއެވެ. އަދި ބައެއް މީހުން ގޮއްޔެއަކީ ފިލްމީތަރި ފަރީލާ ކަމަށް ވެސް ބުނެއެވެ،

ކްރިއޭޓިވް ނެޓްވޯކާއި ގުޅިގެން އުފައްދާ ފޯރިގަދަ ބޮޑުބެރުގެ ހަރަކާތްތަކާއެކު އީދުގެ އުފާވެރިކަން ގެނެސްދޭނެ ލަވައަކަށް މި ލަވަވެގެންދާނެއެވެ.

މި އީދުގައި ހޭވައްލާގެ ބެރުގެ އަޑާއެކު އީދުގެ ފޯރި އިތުރަށް ގަދަވެގެންދާނެކަން ޔަގީނެވެ. "ގޮއްޔެ" އަކީ ކާކުކަން ހޯދުމުގެ ޝައުގުވެރިކަމާއެކު ގިނަ ބަޔަކު ދަނީ މި ލަވައަށް އިންތިޒާރު ކުރަމުންނެވެ.

Ads by Allied Insurance