ވިޔަފާރި

މިފްކޯއަށް ސަބްސިޑީ ދިނުން ހުއްޓާލައި، އަމިއްލައަށް ހިންގަން ފަށައިފި

ފާތިމަތު އަފްނާން ، ދެން އޮންލައިން
މިފްކޯ މަސްފިހާރަ: މިފްކޯއަށް ސީއީއޯއެއް ހޯދުމަށް އަނެއްކާވެސް ވަނީ އިއުލާނުކޮށްފައި / ފޮޓޯ:ދެން އިމޭޖްސް

މިފްކޯ އަށް ސަރުކާރުން ޒަމާނުއްސުރެން ފެށިގެން ކޮންމެ އަހަރަކު ދެމުން ގެންދިޔަ ސަބްސިޑީ ހުއްޓާލައި، އަމިއްލައަށް ރަން ކުރަން ފަށާފައިވާ ކަމަށް ފިޝަރީޒަް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

Ads by Allied

ޕީއެސްއެމްގައި އަހުމަދު ޝިޔާމް ވިދާޅުވީ މިފްކޯއަކީ ދައުލަތުގެ މާލިއްޔާއިން ހަރަދުކުރާ ކުންފުންޏަކަށްވާއިރު ރައްޔިތުންނަށް ބުރަބޮޑުވާނެހެން ރައްޔިތުންގެ ޓެކްސް ފައިސާ އިން އެ ކުންފުނި ހިންގުމަކީ ކުރެވިގެންވާނެ ކަމެއް ކަމަށް ގަބޫލު ނުކުރުއްވާ ކަމަށެވެ. އެހެންކަމުން މި އުސޫލު ސަރުކާރުން ވަނީ ބަދަލުކޮށްފަ އެވެ.

ޝިޔާމް ވިދާޅުވީ މި ސަރުކާރު ހަވާލުވިއިރު މަހުގެ އަގަށް ގެނައި ބޮޑު ބަދަލުގެ ސަބަބުން މިފްކޯއަށް މަސްގަތުމަށް ސަރުކާރުން ބޮޑު ހޭދައަށް ކުރަމުން ދިޔަ އެވެ. އަދި އޭރު ފިނޭންސުން މަސް ގަތުމަށް ސަބްސިޑީ ގޮތުގައި ކޮންމެ ކިލޯއަކަށް 13ރ. ރޭޓުން މިފްކޯއަށް ސަބްސިޑީ ދޭން ޖެހުނެވެ. ނަމަވެސް މިއީ އަހަރެއްގެ މައްޗަށް 1.1 ބިލިޔަން ރުފިޔާކަމަށާއި މިހާރު ކުންފުންޏަށް އިސްލާހީ ބަދަލުތަކެއް ގެނެސް އެކަން ކުރުން ވަނީ ހުއްޓާލާފަ އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ސަބްސިޑީ ދޭނީ ހަމައެކަނި މަސްވެރިންނަށް ވިއްކާ ތެލަށް އެކަންޏެވެ.

"މިފްކޯއިން އެފްއެސްއެމް މެދުވެރިކޮށް ތެޔޮ ގަންނަނީ އެހެން ކުންފުނިތައްވެސް ގަންނަ ރޭޓުގައި. މިއަދު މިފްކޯއަށް އެކަން ކުރެވެނީ މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށް ނެގި މުހިންމު ފިޔަވަޅުތަކުގެ ސަބަބުން،" ޝިޔާމް ވިދާޅުވި އެވެ.

Ads by Allied Insurance