އީދަށް ގިނަ ރީތި ލަވަތަކެއް؛ އެންމެންގެ ކަޅި މިފަހަރު "އީދު ގޮއްޔެ"އަށް
ކުރިއަށް އޮތް ބޮޑުޢީދުގެ ފޯރި މުޅި ރާއްޖޭގައި ގަދަވަމުންދާއިރު، ޢީދަށް ޚާއްޞަކޮށްގެން ތަފާތު އެކި ފަންނާނުންނާއި ޕްރޮޑަކްޝަން ހައުސްތަކުން ދަނީ ގިނަ އަދަދެއްގެ ޢީދު ލަވަތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާއަށާއި ޔޫޓިއުބަށް ދޫކޮށްލަމުންނެވެ. ނަމަވެސް، މި ހުރިހާ ލަވަތަކެއްގެ ތެރެއިންވެސް މިއަހަރު އާންމުންގެ އެންމެ ބޮޑު ސަމާލުކަމެއް ހުއްޓި، އެންމެން އެ ލަވައަކަށް ކެތްމަދުވެފައިވާ އިންތިޒާރަކީ "ހޭވައްލާ" އަދި "ކްރިއޭޓިވް ނެޓްވޯކް" ގުޅިގެން ގެނެސްދޭ ޢީދު ލަވަ "ޢީދު ގޮއްޔެ" އަށެވެ.
މި އަހަރުގެ "ޢީދު ގޮއްޔެ" ލަވަ މިއުޒިކީ ގޮތުންނާއި ވިޝުއަލް ގޮތުން މުޅިން ތަފާތު ވާނެ ކަމުގެ ފެންވަރު މިހާރުވެސް ވަނީ ދައްކާލާފައެވެ. މި ލަވަ ތައްޔާރުކޮށްފައިވަނީ ދިވެހިންގެ ސަގާފީ ބޮޑުބެރުގެ ހަމަތަކާއި ރާގުތަކަށް ފައްތާ ޒަމާނީ މިއުޒިކް މިކްސްތަކެއް ހިމަނައިގެންނެވެ. މީގެ އިތުރުން، ލަވައިގެ ވީޑިއޯއިން ފެނިގެންދާނީ އެންމެންވެސް ހައިރާންކޮށްލާނެ ބޮޑު ޓީމެކެވެ. ހޭވައްލާއިން މިލަވައިގައި 45 ނެށުންތެރިންނާއި ބެރުވެރިން ބައިވެރިވެއެވެ.
"ޢީދު ގޮއްޔެ" ޓީމުގެ ވަރުގަދަ ބައިވެރިވުން
މި ފަހަރުގެ ލަވަ ހިޓަކަށް ވާނެކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ ލަވައިގެ ކުރިމަތިންނާއި ފަހަތުން ފެންނަން ހުރި ހުނަރުވެރި ފަންނާނުންނެވެ.
-
"ގޮއްޔެ" ގެ ރޯލުން ވާޝިޔާ: ލަވައިގެ މައިގަނޑު ކެރެކްޓަރ "ގޮއްޔެ" ގެ ބައިން ފެނިގެންދާނީ ދިވެހި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ މަޤުބޫލު ފިލްމީ ތަރި ފާތިމަތު ވާޝިޔާ އެވެ. ވާޝިޔާގެ ފުރިހަމަ ހަރަކާތްތަކާއި އެކްޓިންއިން ލަވައަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. މީގެ އިތުރުން ފިރިހެން ލީޑުން، މަޝްހޫރު ފިލްމީ ތަރި އިޝްފާންގެ އިތުރުން، ހޭވައްލާގެ ފިއްޓެ އަދި ތުންދޮން ފެނިގެންދާނެއެވެ،
-
ޑައިރެކްޝަންގައި އަޒްހާން: ލަވައިގެ ޑައިރެކްޝަން ހަދާފައިވަނީ ތަފާތު އަދި އާދަޔާޚިލާފު ކޮންސެޕްޓްތަކަށް މަސައްކަތްކުރާ ހުނަރުވެރި ޑައިރެކްޓަރު އަޒްހާން އެވެ. ކޮރެއޯ އަދި ލަވައިގެ އެޑިޓިން ވެސް ކުރިޔަށް ގެންދަނީ އަޒްހާނެއެވެ.
- ސިނެމަޓޮގްރަފީގައި ލައިޓްސްއައުޓް ސަމާހު: ލަވައިގެ ވީޑިއޯގްރަފީ ނުވަތަ ކެމެރާގެ ފުރިހަމަ މަސައްކަތްތައް ބަލަހައްޓާފައިވަނީ ރާއްޖޭގެ އެންމެ ހުނަރުވެރި އެއް ވީޑިއޯ ހައުސް ކަމަށްވާ "ލައިޓްސްއައުޓް" ގެ ސަމާހު އެވެ. ސަމާހު އަކީ ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި މަޝްހޫރު ފިލްމު "ލިލީ" ފަދަ ކާމިޔާބު ފިލްމުތަކުގައި ފެންވަރުމަތީ ކެމެރާ ވޯކްތަކެއް ދައްކާލާފައިވާ މޮޅު ސިނެމަޓޮގްރަފަރެކެވެ.
-
ޕްރޮޑަކްޝަން: ހޭވައްލާ އެންޑް ކްރިއޭޓިވް ނެޓްވޯކްގެ ފުރިހަމަ ކޯ-ޕްރޮޑަކްޝަނުން ލަވައިގެ ކޮލިޓީ ވަނީ އެހެން ލެވެލްއަކަށް ގެންގޮސްދީފައެވެ. މީގެ ކުރިން "މާ ލިލީ"ގެ ނަމުގައި ވެސް މިދެ ފަރާތުގެ ކޮލެބްރޭޝަނެއް ވަނީ ފެނިގެން ގޮސްފައެވެ.
އާންމުންގެ ޚިޔާލު: މިއީ މިއަހަރުގެ "ޢީދު ހިޓް"
ޔޫޓިއުބްގައި މިހާރުވެސް ޢީދަށް ޚާއްޞަ އެހެން ގިނަ ލަވަތަކެއް ދައުރުވަމުންދާއިރު، އާންމުން ބުނަމުންދަނީ "ޢީދު ގޮއްޔެ" ނުނިކުންނަނީސް ޢީދުގެ އަސްލު ފޯރި ނާންނާނެ ކަމަށެވެ.
"ކޮންމެ އަހަރަކުވެސް ވަރަށް ގިނަ ޢީދު ލަވަ ނެރޭ. އެކަމަކު ހޭވައްލާގެ ޢީދު ލަވަތަކުން ލިބޭ ކަހަލަ އުފާވެރިކަމެއް އެހެން ލަވަތަކަކުން ނުލިބޭ. ޚާއްޞަކޮށް ބޮޑުބެރުގެ ރިދަމްއަށް މޮޑާން ޑާންސް ހިމަނާފައި ހުރުމާއި، ވާޝިޔާ ކަހަލަ މޮޅު އެކްޓަރެއް އުޅޭތީ މިއަހަރުގެ ލަވަ މާ ސަޅިވާނެކަން ޔަގީން. އަޒްހާންގެ ޑައިރެކްޝަނެއް ވިއްޔާ ވިޝުއަލްސްވެސް ހުންނާނީ އެއްވަނަ،" ޒުވާނަކު އޭނާގެ ޝުޢޫރު ފާޅުކުރަމުން ބުންޏެވެ.
ބޮޑުޢީދަށް ބާކީ މަދު ދުވަސްކޮޅަކަށް ވެފައިވާއިރު، "ޢީދު ގޮއްޔެ" ގެ މިއަހަރުގެ މި ރިލީޒް ވެގެންދާނީ މުޅި ރާއްޖޭގެ ގޭބިސީތަކުގައާއި، ޢީދު ބާއްވާ ރަށްރަށުގެ ސްޕީކަރުތަކުން އެންމެ ގަދައަށް ގުގުމާލާނެ އެއް ލަވައަށެވެ. އެންމެން މިހާރު ތިބީ މި ފޯރިގަދަ ލަވަ ރިލީޒްކުރާނެ ސިކުންތަކަށް ސޯޝަލް މީޑިއާގައި "ރެޑީ" ވެގެންނެވެ.