ވިޔަފާރި

އެސްޓީއޯގެ އޮންލައިން ފިހާރައިގެ ޚިދުމަތް އަލުން ފަށައިފި

ދެން އެމްވީ ، ދެން އޮންލައިން

އެސްޓީއޯއިން ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދެމުންދާ "އީސްޓޯރ.އެމްވީ"ގެ ޚިދުމަތް މެދުކަނޑާލުމަށްފަހު މިހާރު އެޚިދުމަތް އަލުން ފަށާފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

Ads by Hajj Corporation

"އީސްޓޯރ.އެމްވީ" ގެ ޚިދުމަތަކީ އެސްޓީއޯ ސުޕަމާކެޓުން ވިއްކާ ތަކެތި ކަސްޓަމަރުންނަށް އޮންލައިންކޮށް ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާ ޕްލެޓްފޯމެކެވެ. އެގޮތުން އެ ފިހާރައަށް ޒިޔާރާތްކުރުމުން އެސްޓީއޯ ސުޕަރމާކެޓުން ވިއްކާ ކާބޯތަކެއްޗާއި ގޭތެރޭގައި ބޭނުންކުރާ ސާމާނާއި އެހެނިހެން ތަކެތި އޮންލައިންކޮށް ގަނެވޭނެއެވެ.

މާލެއިން ތިން ދިވެހިން ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން 24 ގަޑިއިރަށް މާލެ ލޮކްޑައުން ކޮށްފައިވާތީ "އީސްޓޯރ.އެމްވީ"ގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލި ކަމަށާއި މިގޮތަށް މެދުކަނޑާލީ ޑެލިވަރީ ކުރުމަށް ނަގަންޖެހޭ ބައެއް ހުއްދަތައް ހޯދުމަށް ކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ.

ކޮވިޑް19 ގެ މި ހާލަތުގައި ފިހާރަތަކަށް ގޮސް ތޮއްޖެހި ދިގު ކިޔުތަކުގައި ތިބުމުގެ ބަދަލުގައި ގޭގައި ތިބެގެން އާންމު ދިރިއުޅުމަށް ބޭނުންވާނެ ތަކެތި ގަތުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިރުޝާދުދެމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!