ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކުން 100 ކިލޯއަށް ވުރެ މަސްތުވާތަކެތި ފެނިއްޖެ

ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކުން 100 ކިލޯއަށް ވުރެ ގިނަ ޑުރަގް ފުލުހުން މިއަދު ހޯދައިފިއެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ފުލުހުން މިއަދު ހިންގި އޮޕަރޭޝަނެއްގައި ހެރޮއިން އަދި މެތު ހިމެނޭ ގޮތުން 100 ކިލޯއަށް ވުރެ ގިނަ އަދަދެއްގެ ޑުރަގް ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކުން އަތުލައިގަނެފައިވާ ކަމަށެވެ.
މިއޮޕަރޭޝަންގައި އެއްވެސް މީހަކު އަދި ހައްޔަރުކުރިކަން ނުވަތަ ނޫންކަން ފުލުހުން ކަށަވަރު ކޮށެއް ނުދެއެވެ.
މިއޮޕަރޭޝަނާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ފުލުހުން ވިދާޅުވީ އަދިވެސް އޮޕަރޭޝަން ކުރިއަށްދާ ކަމަށެވެ.