ޚަބަރު

ގެސްޓުހައުސްއިން ޚަބަރު ހުސްވެފައި އޮއްވާ ފެނުނު މީހާ އޮތީ ނިޔާވެފަ: ފުލުހުން

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ހުޅުމާލެ ގެސްޓްހައުސްއެއްގައި ޚަބަރު ހުސްވެފައި އޮއްވާ ފެނުނު މީހާ އޮތީ ނިޔާވެފަކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ ނިޔާވެފައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ނިޔާވެފައި ވަނީ މާލެ / ސްޓަރ، މުޙައްމަދު ރަޒީން (50އ) ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!