Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކޮވިޑް-19އާ ގުޅިގެން ދޮގު ވާހަކަތައް ފަތުރާ ނަމަ ފިޔަވަޅު އަޅާނަން: ސީޕީ ހަމީދު

ކޮވިޑް-19 އާއި ގުޅިގެން ދޮގު ވާހަކަތައް ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު މިއަދު ވިދާޅުވީ ކޮވިޑާއި ގުޅިގެން ރައްޔިތުންގެ ތެރޭގައި ބިރުވެރިކަމާއި ހާސްކަން އުފެއްދުމަށް ދޮގު ވާހަކަތައް ފަތުރާ ފަރާތްތަކަށް ފުލުހުން ފިޔަވަޅު އަޅާނެ ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް މިފަދަ ކަންކަމުން ދުރުހެލިވުން އެދޭ ކަމަށެވެ.

އަދި ކޮވިޑާއި ގުޅިގެން ވަކިވަކި ފަރާތްތަކާ ގުޅޭގޮތުން ދޮގު ވާހަކަތައް ފަތުރައި އަބުރު ނަގާލުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

ސީޕީ މިހެން ވިދާޅުވިއިރު ކޮވިޑް-19 އާއި ގުޅިގެން ހީވާ ހީވުމަކަށް މީހުންގެ ފޮޓޯތައް ސޯޝަލް މީޑިއާ އަށް ލައި އަބުރު ނަގާ ނުލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑޮކްޓަރު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މި ދަނޑިވަޅުގައި ރަނގަޅު މައުލޫމާތު ހިއްސާ ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ހީވާ ހީވުމަކަށް އެއްޗެހި ނުލިޔުމަށް އެދޭ ކަމަށެވެ. އަދި މިހާރު ވެސް ޕޮޒިޓިވް ވެފައިވާ މީހުންގެ ފޮޓޯތަކާއި އަދި ކަމާ ނުވެސް ގުޅޭ މީހުންގެ ފޮޓޯތައް ވެސް އާއްމުކޮށްފައި ހުންނަތަން ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް