ދުނިޔެ

ލޮކްޑައުންގެ ޙާލަތުގައި މެކްސިކޯގެ ކާފައާއި މާމައަކު ހައަހަރުގެ ކުއްޖަކު ރޭޕްކުރުމަށްފަހު މަރާލައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 އާއި ގުޅިގެން ލޮކްޑައުންކޮށްފައިވާ މެކްސިކޯގެ އުތުރު ހިސާބެއްގައި ކާފައާއި މާމައަކު އެމީހުންގެ ހައަހަރުގެ މާމަ ކުއްޖަކު ރޭޕް ކުރުމަށްފަހު މަރާލައިފިއެވެ.

Ads by WAMCO

މެކްސިކޯގެ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި މާމަ އާއި ކާފަވެގެން މި އަންހެން ކުއްޖާ މަރާލުމަށްފަހު، ޕޮލިހަށް ގުޅާ އެ ކުއްޖާ މަރުވެއްޖެ ކަމަށާއި އަދި ހުން އައިސް ވަރަށް ގިނަ ދުވަހު އުޅުނު ކަމަށް ރިޕޯޓްކުރިއެވެ. އަދި ކޮވިޑް-19 އަށް ޝައްކުކުރެވޭ ޢަލާމަތްތަކެއް ކުއްޖާގެ ކިބައިން ފެނުނު ކަމަށް ވެސް ޕޮލިހަށް މަޢުލޫމާތު ދިނެވެ.

ޕޮލިހުން އެގެއަށް ގޮސް ކުއްޖާގެ ހަށިގަނޑު ގެންދިއުމަށްފަހު ކޮވިޑް-19 އަށް ވެސް ޓެސްޓުކޮށް ޕޯސްޓްމޯޓަމް ވެސް ހެދިއެވެ. ކޮވިޑް-19 ގެ ނަތީޖާ އަދި ނުލިބޭ ކަމުގައި ވިޔަސް، ކުއްޖާ މަރާލާފައިވަނީ ކަރުގައި ހިފާ ބާރު ކޮށްގެން ކަމާއި ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ ކަން އޮޓޮޕްސީ ރިޕޯޓުން، ސާބިތުވުމުން މާމަ އާއި ކާފަ ވަނީ ހައްޔަރު ކޮށްފައެވެ.

މެކްސިކޯގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ލޮކްޑައުންއާއި ގުޅިގެން ކާފައާއި މާމަގެ ގެއަށް ހައަހަރުގެ އަންހެން ކުއްޖާ މީގެ 10 ދުވަސް ކުރިން ބަދަލު ކުރީ ރިޓަޔާކޮށްފައިވާ ކާފައާއި މާމަގެ ގާތުގައި އެކުއްޖާއަށް ރައްކާތެރިކަން ބޮޑުވާނެ ވިސްނާފައެވެ.

ކުއްޖާގެ މަންމަ އަށް ދަރިފުޅުގެ މަރުގެ ޚަބަރު ލިބުނު އިރު އޭނާ ހުރީ ކައްކަންބޭނުންވާ ސާމާނު ގަތުމަށް ބޭރުގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!