ލޮކްޑައުން ގައި މާލޭގައި ވެކްސިން ނުދޭ ގޮތަށް ހަމަޖައްސައިފި
ކޮވިޑް19 އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި އޮތުމާއެކު މި ދުވަސްވަރު ވެކްސިން ދިނުން މެދުކަނޑާލާފަައިވާކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
އެޗްޕީއޭ އިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިގޮތަށް ހަމަޖައްސާފައިވަނީ މާލޭގައި ކޮވިޑް19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ ކަމުގައެވެ. އަދި މިފަދަ ހާލަތެއްގައި ވެކްސިން ދިނުމަށް ވެކްސިން ދޭ މަރުކަޒު ތަކަށް ދިއުން ރައްކާތެރި ނޫން ކަން ވެސް މި އިއުލާނުގައި ފާހަގަ ކޮށްފައިވެއެވެ.
އަދި މިވަގުތު އެންމެ ރައްކާތެރި ގޮތަކީ ގޭގައި މަޑުކުރުން ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން މިހާރު އިއުލާނުކޮށްފައި އޮތް 14 ދުވަހުގެ ލޮކްޑައުން މިއަށް ވުރެ ދިގުލައިގެން ދާނަމަ މާލެ ސަރަހއްދުގައި ވެކްސިން ދިނުމަށް ވަކިި ގޮތެއް ކަނޑައަޅައި އިއުލާނު ކުރެވިގެންދާނެއެވެ.
މިއަދު މިހާތަނަށް މާލެއިން 15 މީހަކު ވަނީ ކޮވިޑް19 އަށް ފައްސިވެފައެވެ.
މިއަދު ފައްސިވި މީހުނާއެކު ރާއްޖެއިން ފައްސިވި މީހުންގެ އަދަދު ވަނީ ޖުމްލަ 67 އަރާފައެވެ. އޭގެ ތެރޭގައި 30 ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ 23 ބިދޭސީން ހިމެނެއެވެ.