ޚަބަރު

މާލޭގައި ކޮވިޑް ފެތުރެންފެށުނު ކަމަށް ބެލެވެނީ ދެތިން ހަފްތާ ކުރިން: ޑރ. ނަޒްލާ މުސްތަފާ

ދެން އެމްވީ ، ދެން އޮންލައިން

މާލޭގައި ކޮވިޑް ފެތުރެންފެށުނު ކަމަށް ބެލެވެނީ ދެތިން ހަފްތާ ކުރިން ކަމަށް ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.

Ads by STELCO

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ޑރ. ނަޒްލާ ވިދާޅުވީ ކޮމިއުނިޓީ ސްޕްްރެޑެއް ފެށިފައި އޮތް ކަމަށް ގަބޫލު ކުރެވެނީ ދެތިން ހަފުތާއެއް ވަރު ކުރިން ކަމަށާއި އޭގެ ކުރިން ވެސް އެކި ޓެސްޓްތައް ހަދަމުން ދިޔައިރު ބަލި ޖެހިފައިވާ މީހަކު ފާހަގަ ވެފައެއް ނެތް ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ލެބްގައި ކޮންޓެމިނޭޓް ބުމުގެ ފުރުސަތު ވަރަށް ކުޑަވާނެ ކަމަށެވެ. އެހެންކަމުން ފައްސިވި ކޭސްތަކާ ގުޅުން ހުރިތޯ ބަލާފައިވާނެ ކަމަށް ޑރ. ވިދާޅުވިއެވެ.

"ސާމްޕަލް ނެގޭ ގޮތުން ވެސް ނައްސި ވެސް ވެދާނެ. ފައްސި ވެސް ވެދާނެ. އަޅުގަނޑުމެން ގިނަ ފަހަރު ބަލަނީ ފައްސި ކޭސްތަކާ ގުޅުން ހުރެގެން އަންނަ ކޭސްތައް އެއީ ފައްސި ކޭސްތައް ކަމަށް." ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިދުވަސްވަރު ސަމާލުކަން ދޭންވީ ކަންކަމަށް އަލި އަޅުވާލައި ޑރ. ނަޒްލާ ވިދާޅުވީ ގޭގޭގެ ކުޑަދޮރުތައް ހުޅުވާފައި ބެހެއްޓުން ވަރަށް މުހިންމު ކަމަށާއި ކާރުގައި ދާ އިރު ވެސް ކާރުގެ ދޮރުތައް ހުޅުވާލައިފައި ބެހެއްޓުން މުހިންމު ކަމަށެވެ.

އޭގެ ސަބަބަކީ ވައިރަސް މަދުކޮށްދޭނެ ކަމަށާއި ރާއްޖޭގެ ކޭސްތަކުން ފެނުނު އެއް ކަމަކީ އެއްތަނެއްގައި އުޅޭ ގިނަ ބަޔަކު ފައްސިވުން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

"ޑެލިވަރީ ކުރާއިރު، ޑެލިވަރީ ކުރާ މީހާއާ ވެސް ތިން ފޫޓުގެ ދުރުމިނެއް ބަހައްޓަން ވާނެ. މިސާލަކަށް ގޮނޑިއެއް ބަހައްޓާފައި އެ ގޮނޑީގައި ވެސް އެއްޗެހި ބަހައްޓަން ބުނެވިދާނެ. މީގެ އިތުރުން ދެން އެންމެ މުހިންމު ކަމަކީ އޮންލައިން ޓްރާންސެކްޝަން ހެދުން." ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 67 އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 29 ދިވެހިނާއި 38 ބިދޭސީންނެވެ.

ރާއްޖެއިން މިއަދު އެކަނި ވެސް މިހާތަނަށް ވަނީ 15 ކޭސް ފެނިފައެވެ.

ވެރިރަށް މާލެއިން ގިނަ އަދަދަކަށް މީހުން ފައްސިވަމުން އަންނައިރު، މާލެ ސަރަހައްދު މިވަގުތު އޮތީ 14 ދުވަހުގެ ލޮކްޑައުނެއްގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!