ޚަބަރު

މުވައްޒަފަކު ކޮވިޑަށް ފައްސިވުމުން ބީއެޗްއެމް ބަންދުކުރަން ނިންމައިފި

ދެން އެމްވީ ، ދެން އޮންލައިން

ބީއެޗްއެމް ޓްރޭޑާސް ގެ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވުމުން އެކުންފުނީގެ ވިޔަފާރިތައް ވަގުތީގޮތުން މެދުކަނޑާލައިފި އެވެ.

Ads by STELCO

ބީއެޗްއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވިކަން ވިކަން އެޗްޕީއޭ އިން ހާމަ ކުރުމާ އެކު މިހާރު އެކުންފުނީގެ ހުރިހާ މުވައްޒަފުން ތިބީ ގޭގައި މަޑުކޮށްގެން ކަމަށެވެ. އަދި މިއީ އެޗްޕީއޭ އިން ކުރިއަށް ގެންދާ ކޮންޓެކްޓް ޓްރޭސިން އާއި ޓެސްޓް ހެދުމަށް ފަސޭހައިން މަގުފަހި ކޮށްދިނުމުގެ ގޮތުން ކަމަށް ވެސް އެ ކުންފުނިން ފާހަގަ ކުރެއެވެ.

ބީއެޗްއެމް އިން ވަނީ މިދަނޑިވަޅުގައި މިކަމުގެ ސަބަބުން އެކުންފުނީގެ ހުރިހާ މުވައްޒަފުންނާއި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައެވެ. އަދި އެޗްޕީއޭ އިން ހުއްދަ ދިންހާ އަވަހަކަށް ވިޔަފާރި އަލުން ފަށާނެ ކަމަށް ވެސް ބީއެޗްއެމް އިން ބުނެއެވެ.

އިއްޔެ މާލެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ބީއެޗްއެމް ގެ މުވައްޒަފެއް ހިމެނޭކަމަށް އެޗްޕީއޭ އިން ވަނީ ހާމަ ކޮށްފަ އެވެ. އަދި މި މީހާ ކޮވިޑް-19 އަށް ސާމްޕަލް ނަގާފައިވަނީ އޭނާ ބަލިވެގެން ފްލޫ ކިލިނިކަށް ދެއްކުމުން ކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!