ޚަބަރު

މާލެއިން އިތުރު 5 ބަންގްލަދޭޝް މީހުންނާއި 8 ދިވެހިން ފައްސި ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

މާލެއިން އިތުރު ފަސް ބަންގްލަދޭޝް މީހުންނާއި އަށް ދިވެހިން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މިއަދު ކޮވިޑް-19އަށް ފައްސިވެފައިވަނީ އަށް ދިވެއްސަކާއި ފަސް ބަންގްލަދޭޝް މީހެއް ކަމަށާއި އެ މީހުން މިހާރު އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި މި މީހުންނާ ގުޅުން އޮތް ފަރާތްތައް ވެސް ދަނީ ހޯދަމުންނެވެ.

މި 13 މީހުންނާއެކު މާލެއިން ފައްސިވި މީހުންގެ އަދަދު ވަނީ 62 އަކަށް އަރާފައެވެ.

އަދި މުޅި ރާއްޖެއިން މިހާތަނަށް ފައްސިވި މީހުންގެ އަދަދު ވަނީ 82 އަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ 52 ދިވެހިނާއި 30 ބިދޭސީންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!